ފޯރިގަދަ ކެމްޕޭނު ނިންމާލައިފި

މާލޭގެ އިތުރުން މުޅި ރާއްޖޭގައި މިއަދު ހަވީރު ވަނީ އެންމެ ފަހުގެ ކެމްޕޭނު ހަރަކާތް ހިންގުމުގެ ގޮތުން ހިނގާލުން ބާއްވާފަ އެވެ. ކެމްޕޭނު ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖެހުމުންނެވެ.

ވާދަވެރި 2 ޕާޓީން ބޭއްވި ކެމްޕޭނުގެ ފަހު ހަރަކާތް --

މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ކެމްޕެއިން ނިންމާލައިފި އެވެ.

މާލޭގެ އިތުރުން މުޅި ރާއްޖޭގައި މިއަދު ހަވީރު ވަނީ އެންމެ ފަހުގެ ކެމްޕޭނު ހަރަކާތް ހިންގުމުގެ ގޮތުން ހިނގާލުން ބާއްވާފަ އެވެ. ކެމްޕޭނު ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖެހުމުންނެވެ.

މާލޭގައި ބޭއްވި ކޮންގްރެސް ޕާޓީގެ ކެމްޕޭނު ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި، ޕާޓީން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޕީއެންސީން ކެމްޕޭނު ނިންމާލަން ބޭއްވި ހިނގާލުން --

އިދިކޮޅު އެމްޑީޕީގެ ކެމްޕޭނު ހަރަކާތުގައި ވެސް ޕާޓީގެ އިސްވެރިންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެމްޑީޕީން ކެމްޕޭނު ނިންމާލަން ބޭއްވި ހިނގާލުން --

މި އިންތިހާބުގެ ކެމްޕޭނު މުޅި ރާއްޖޭގައި ވެސް ވަރަށް ފޯރިގަދަކޮށް ކުރިއަށް ގެންގޮސްފައިވެ އެވެ. ކައުންސިލް އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭ ކެމްޕޭނު ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ވޯޓުލުން އޮންނާނީ މާދަނާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. މިއަދު އިރުއޮއްސި 6 އިން ފެށިގެން ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، ޑަބްލިޔުޑީސީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިހާބު ކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.