ޝަރީފު ވިދާޅުވި ގޮތުގައި ބޭންކުން ޑޮލަރު ސަޕޯޓް ދެމުން އައީ 5% އާ 10% ޕަސަންޓްއާ ދެމެދު ކަމަށާއި މިދިޔަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް 50%އާ ހަމައަށް ޑޮލަރު ސަޕޯޓް ދޭ ގޮތަށް ހަމަޖެއްސުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މީގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ.
މިކަން ހާމަކުރެއްވީ 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއިއޯ / އެމްޑީ މުހައްމަދު ޝަރީފު ވާހަކަ ދައްކަވަމުންނެވެ.
ސީއިއޯ ޝަރީފު ވިދާޅުވި ގޮތުގައި ވޭރުވެދިޔަ އަހަރު ބޭންކުން ޑޮލަރު ވިއްކާފައިވާ ގޮތަށް އަލިއަޅުވާލަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މީގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އަދި އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
"ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާއިރު ޢުމްރާ ވެރިންނަށް 9 މިލިއަން ޑޮލަރު ވިއްކާފައިވޭ. އެހެންކަމުން 2025 ވަނައަހަރު ބީއެމްއެލް އިން ވިއްކި ޖުމްލަ ޑޮލަރުގެ އަދަދަކީ 672.5 މިލިއަން ޑޮލަރު. އެއީ ދުވާލަކަށް 1.84 މިލިއަން ޑޮލަރަށް ވުރެވެސް ބޮޑު އަދަދެއް." ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ބޭންކުން ޑޮލަރު ސަޕޯޓް ދެމުން އައީ 5% އާ 10% ޕަސަންޓްއާ ދެމެދު ކަމަށާއި މިދިޔަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް 50% އާ ހަމައަށް ޑޮލަރު ސަޕޯޓް ދޭ ގޮތަށް ހަމަޖެއްސުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި ޓީޓިއަށް ބޭންކުން ދޭ ޑޮލަރު ސަޕޯޓަށް ގެނައި ބަދަލާއެކު ޓިޓި އަށް ވިއްކާ ޑޮލަރުގެ އަދަދު ހަަތަރު ގުނަ އިތުރުވި ކަމަށެވެ. ވޭރުވެދިޔަ އަހަރު ބޭންކުން ޑޮލަރު ވިއްކާފައިވާ ގޮތަށް އަލިއަޅުވާލަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ވިޔަފާރިތަކަށް ޖުމްލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި މީގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އަދި އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ބީއެމްއެލް އިން މިދިޔަ ދެ އަހަރު ރިސޯޓްތަކަށް ޖުމްލަ 350 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާއިރު މިދިޔަ އަހަރު ޖުމްލަ 650 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މީގެން އެނގެނީ ބޭންކުގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) ވަރުގަދަ ކަމެވެ.