އެންމެބޮޑު މާލީ ނުރައްކަލުން ގައުމު ސަލާމަތްވެ އިތުބާރު ގާއިމްވެއްޖެ : ސައީދު

ސައީދު ވިދާޅުވެފައިވާ ގޮތުގައި ކެތްތެރިކަން އިސްކުރައްވައި ބަސްމަދު ކުރައްވައި އައިހުރިހައި ގޮންޖެހުން ތަކެއް اللهގެ ވާގިފުޅާއެކު ގިރާކުރައްވައި ސުކޫކް ދެއްކިދާނެ ތޯ ނުވަތަނޫން ތޯ އޮތް ހާސްކަމުން އަދުގެ ރައީސް ވަނީ ސަލާމަތް ކުރައްވާފަ އެވ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު --

ދިވެހި ތާރީހުގައި ކުރިމަތިވި އެންމެބޮޑު މާލީ ނުރައްކަލުން ގައުމު ސަލާމަތްވެ އިތުބާރު ގާއިމް ކުރެވިގެން ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

އިކޮނޮމިކް މިިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ލިޔުއްވާފައިވާ ގޮތުގައި ދިވެހި ތާރީހުގައި ކުރިމަތިވި އެންމެބޮޑު މާލީ ނުރައްކަލުން ގައުމު ސަލާމަތްކޮށްދެއްވައި، ޤައުމާއި ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއްލާނެ ފުރުސަތު މާތް اللهގެ ވާގިފުޅާއިއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯއްދަވާދެއްވައި ދުނިޔޭގެ މާލީ ބާޒާރުގައި ރާއްޖެއާމެދު އޮތް އިތުބާރު އެވަނީ އަނބުރާ ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. މިނިސްޓަރު ސައީދު އިޝާރާތް ކުރެއްވީ ރާއްޖޭން 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި މިއަދު ދައްކާ ހަލާސް ކުރުމަށެވެ. 

"އަދި މިކަމުގެ ސަބަބުން އިހުނަށްވުރެން އިތުބާރު އިތުރުވެގެން ވެސް ހިނގައްޖެކަން ޔަގީން. ނިމިދިޔަ ސަރުކާރުން ރެކޯޑް އަދަދަކަށް ގައުމު ދަރުވާލިއިރު، އަދި ވަކީން ހާއްސަކޮށް 2021ގައި ނެގި ރެކޯޑް ދަރަނީގެ ސުކޫކަކީ 2026 އަށް ބްލެޓް ޕޭމަންޓެއް ގޮތަށް ދައްކަންޖެހޭއިރު، އެ ކަންބޮޑުވުން ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައި ރާއްޖެ ބައްދަލުކުރި މާލީ އެންމެ ބޮޑު އިމްތިހާނު ކަމުގައި،" މިނިސްޓަރު ސައީދު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ނަމަވެސް، ކެތްތެރިކަން އިސްކުރައްވައި، ބަސްމަދު ކުރައްވައި އައިހުރިހައި ގޮންޖެހުން ތަކެއް اللهގެ ވާގިފުޅާއެކު ގިރާކުރައްވައި، ސުކޫކް ދެއްކިދާނެ ތޯ ނުވަތަނޫންތޯ އޮތް ހާސްކަމުން އަދުގެ ރައީސް ޑރ.
އެވަނީ ގައުމު ސަލާމަތް ކުރައްވާފަ އެވެ.

"މި ދަރަނި އުފެއްދި ކުރީ ސަރުކާރުގެ މީހުން ބުނަމުން ދިޔައީ މިދަރަނި ނުދެއްކޭނެ ކަމަށް. ނަމަވެސް ނުވާނެކަމަށް ބުނިކަންތައް ﷲގެ ވާގިފުޅާއެކު ރައްޔިތުންގެ ރައީސް ނުހަނު ހިކްމަތްތެރިކަމާއެކު ކޮށްދެއްވައިފި. މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ތާރީޚީ ކާމިޔާބެއް. ޤައުމަށް ބޭނުންވަނީ ސިޔާސީ ކޯޅުން މަދު، ހަމަޖެހޭ، ހިންގުންތެރި ނިޒާމެއް،" މިނިސްޓަރު ސައީދު ލިޔުއްވާފައިވެ އެވެ. 

މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ފިނޭންސް އިން ބުނެފައިވާ ގޮތުގައި މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

ފިނޭންސް އިން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ރައީސް ސޯލިހުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިޤްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް މާލީ ވުޒާރާއިން ފާހަގަކުރިއެވެ. އަދި 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ހާއްސަ އިސްކަމެއް ދީފައެވެ.

ފިނޭންސް އިން ބުނީ މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސްޑީއެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފަ އެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.