މާލޭގެ ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް | ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށައިފި

ޓެކްސީގެ ހިދުމަތް ފަށާފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ.

މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

މާލެ ސަރަހައްދަށް ހާއްސަކޮށްގެން ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް މިރޭ ފަށައިފި އެވެ. 

އެމްޓީސީސީން އޮޕަރޭޓްކުރާ "މާލެ ޓެކްސީ"ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ ވިދާޅުވީ، 150 ކާރާ އެކު ފެށި ހިދުމަތުން ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށެވެ.

ޓެކްސީގެ ހިދުމަތް ފަށާފައިވަނީ ތިމާވެއްޓާ ރަހުމަތްތެރި އިލެކްޓްރިކް ވެހިކަލްސް ބޭނުންކޮށްގެންނެވެ.

ޓެކްސީ ލައިނުގައި ތަފާތު ތިން ސައިޒެއްގެ ކާރު ހިމެނޭނެ އެވެ. އޭގެތެރޭގައި މާލޭގެ ހަނި މަގުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކުދި ސައިޒުގެ ކާރުތައް ވެސް ހިމެނެ އެވެ. 

ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ އަގުތަކުގައި އޮޕަރޭޓުކުރާ މި ޓެކްސީ ލައިނުގެ ޓެކްސީ ބުކް ކުރުމަށް ފުރަތަމަ ހަމަޖެހިފައިވަނީ މިކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމަށް އެމްޓީސީސީން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.