ހޮނިހިރުގައި ނަގާ ތިން ވޯޓަށް 880،000 އަށް ވުރެ ގިނަ ވޯޓު ކަރުދާސް

މިއާއެކު އެ ތިން ވޯޓަށް ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސްތަކެއް

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް، 880،000އަށް ވުރެ ގިނަ ވޯޓު ކަރުދާސް ޕްރިންޓުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީން ބުނީ، ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން، ހޮނިހިރު ދުވަހު ނަގާ ތިން ވޯޓަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، ޑަބްލިޔުޑީސީ އިންތިހާބަށް 292,706 ވޯޓު ކަރުދާސް އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފަ އެވެ.

މިއާއެކު އެ ތިން ވޯޓަށް ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

އެންމެ ގިނަ ވޯޓު ކަރުދާސް މާލެއަށް ޕްރިންޓުކޮށްފައިވާއިރު، މާލެއަށް 58,953 ކަރުދާސް، އައްޑޫއަށް 21,538 ކަރުދާސް، ފުވައްމުލަކު ސިޓީއަށް 9,947 ކަރުދާސް، ކުޅުދުއްފުށި ސިޓީއަށް 7,461 ކަރުދާސް އަދި ތިނަދޫ ސިޓީއަށް 5,967 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފަ އެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، ޑަބްލިޔުޑީސީތަކަށް ވެސް ހަމަ އެ އަދަދަށް މެންބަރުން އިންތިހާބު ކުރެވޭނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.