މުހައްމަދު ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށާ އެކަމަށްޓަކައި ސަރުކާރަށް މަރުހަބާ ދަންނ

ރާއްޖޭގެ ތާރީހުގައި ދައްކަން ޖެހުނު އެންމެ ބޮޑު ދަރަނި އިތުރު ދަރަންޏެއް ނުނަގައި ދައްކާ ހަލާސް ކުރުމުގެ މި ސަރުކާރަށް ރައީސް މުހައްމަދު ނަޝީދު ތައުރީފު އޮއްސާލައިފި އެވެ.
ދަރަނި ނުދެއްކިގެން ރާއްޖެ ބަނގުރޫޓު ވެދާނެކަމަށް ތާއަބަދު ވާހަކަ ދައްކަމުން ދިޔަ އެމްޑީޕީގެ ފައުންޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށާ އެކަމަށްޓަކައި ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަޖެޓު ސަޕޯޓަށް 2021 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ސަރުކާރުން ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަނބުރާ ދައްކާފައިވަނީ އިތުރުން އޭގެ އިންޓަރެސްޓެއްވާ 25 މިލިއަން ޑޮލަރާ އެކު، ޖުމްލަ 525 މިލިއަން ޑޮލަރާ އެކުގަ އެވެ.
ރާއްޖޭގެ ޖުމްލަ ބޭރު ދަރަނީގެ ތެރެއިން އެންމެ ބޮޑު ދަރަނި ދައްކައި ހަލާސްކޮށްފައިވަނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ އިތުރުން ސަވަރިން ޑިވެލޮޕްމަންޓަށް ޖަމާކޮށްފައިވާ ފައިސާއިން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އެ ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
ސުކޫކު އަނބުރާ ދެއްކޭނެ ކަމާމެދު އިދިކޮޅު ފަރާތްތަކުން އިސްވެ ސުވާލު އުފައްދަމުން ދިޔަ ނަމަވެސް، އެ ދަރަނި އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިޔައީ ތަކުރާރުކޮށް ދެމުންނެވެ.