އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ހުޅުވައިފި

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ގާއިމްކުރީ ސްޕީޑް ސްކޭޓިންއަށް ހާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ހާއްސަ ޕާކެއް ހިމެނޭ ގޮތަށެވެ.

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައި ދެއްވައިފި އެވެ.

ސްކޭޓް ޕާކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެ ކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފަ އެވެ. 

މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން އެ ކުދިންނާއިއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާކް ބައްލަވާލެއްވި އެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން ގާއިމްކުރީ ސްޕީޑް ސްކޭޓިންއަށް ހާއްސަ ޓްރެކަކާއި ސްކޭޓް ބޯޑް ދުއްވުމަށް ހާއްސަ ޕާކެއް ހިމެނޭ ގޮތަށެވެ.

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

މީގެއިތުރުން، އިންލައިން ސްކޭޓް ކުރާ ފަރާތްތަކަށް ވަކިން ހާއްސަ 100 މީޓަރުގެ ލޭނަކާއި، ސްކޭޓް ބޯޑް ދުއްވުމަށް ވަކިން ސަރަހައްދެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

ދާއިމީ ސްކޭޓިން އެރީނާއެއް ތަރައްގީ ކުރުމަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ އަދި ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުންޏެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.