އަލައިކާ ނުކުންނަވާ އެ ހުންނެވީ ހެޔޮ ބަދަލަކަށް ނިކަންކެރިގެން

ތަބައްގޭ އަލައިކާއަކީ ސިޔާސީ ދާއިރާ ރަނގަޅަށް ދެނެވަޑައިގެން ހުންނެވި ކަނބަލެވެ. ނުކުންވައި އެ ހުންނެވީ އަންހެނުނަންނާއި އާއިލާތަކަށް ހާއްސަ މެނިފެސްޓޯއަކާ އެކުގަ އެވެ. ސިޔާސަތުތަކަށް ހެޔޮ ބަދަލު ގެންނާށެވެ.

އާޝިޔަތު އަލައިކާ އަދްނާން އާއްމުންގެ މީހަކާ ބައްދަލު ކުރަނީ

ރާއްޖޭގެ ސިޔާސީ ދާއިރާއަށް މިއީ އާ މޫނެއް ނޫނެވެ. ހާއްސަކޮށް ވެރިރަށް މާލޭގެ މައްޗަންގޮޅީގެ ގިނަ ބަޔަކު މި މޫނު ފަރިތަ އެވެ. މިއީ މއ. ތަބައްގޭ އާޝިޔަތު އަލައިކާ އަދްނާން އެވެ. ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އަލައިކާ ނުކުންނަވާ އެއް ހުންނެވީ އަންހެނުން ކޮމެޓީގެ އެންމެ އިސް މަގާމަށެވެ. މި މަގާމަށް އަލައިކާ ނުކުންނެވި ސަބަބުތައް ގިނަ އެވެ. މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާ ކަމަށް އޭނާ ކުރިމަތިލެއްވީ މިގޮނޑިއަށް ފައި ނަންގަވައިގެން ތިއްބެވި ކެނޑިނޭޓުންގެ ތެރެއިން މި ގޮނޑިއަށް އެންމެ އެކަށޭނަ ހިޔާލެއް ހިފައިގެން އައި ކެނޑިޑޭޓުގެ ގޮތުގައި އިތުބާރާ އެކުގަ އެވެ. މިކަން އެނގެނީ އަލައިކާގެ ތަޖުރިބާ އާއި މަަސައްކަތުގެ ދާއިރާގައި ކުރައްވާފައިވާ މަސައްކަތާއި އިންތިހާބަށް ހުށަހެޅުއްވި ސިޔާސަތުތަކުންނެވެ. 

އަލައިކާ މީގެ ކުރިން ވަނީ ސަރުކާރުގެ އެކި މަގާމުގައި މަސައްކަތް ކުރައްވައި ހިންގުމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯއްދަވާފަ އެވެ. ސިޔާސީ ޕާޓީތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވައި މި ނިޒާމު ހިނގާގޮތް އެކަމަނާ އެ ހުންނެވީ ނިކަން ފަރިތަވެގެންނެވެ. މި ހުރިހާ ކަމަކާއެކު އަލައިކާ ނުކުންނަވައިގެން އެ ހުންނެވީ މައިގަނޑު ތިން ކަމެއް މާލޭގެ އަންހެން ކަނބަލުންނަށް ކަށަވަރު ކުރުމަށެވެ. އެކަމަށްޓަކައި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓު ހިއްޕަވައިގެން އެ ހުންނެވީ ދިރިއުޅޭނެ ޖާގަ ފަހިކޮށްދިނުމާއި އޯގާތެރިކަމާއެކު އަޅާލުން ކަށަވަރު ކުރުން އަދި އަންހެނުންނަށް ފުދުންތެރިކަން އިތުރުކޮށްދިނުމުގެ ވިސްނުމަކާއެކު އެވެ. އެކަމަށްޓަކައި ކަރުދާސް ލިޔެ ފުރިހަމައަށް ހިސާބު ޖައްސަވައިގެންނެވެ. 

އަލައިކާ މެނިފެސްޓޯގައި ހިމެނޭ ދިރިއުޅޭނެ ފަހި ޖަގާއަކީ މާލެއަށް ނޭވާލާން އެންމެ ބޭނުންތެރި އެއް ކަމެވެ. މާލޭގައި ދިރިއުޅޭ މީހުން ހަށިފުރާ ނޭވާއެއް ލެވޭނެ ޖާގައެއް ނެތެވެ. މިހާރު ކުރަން ޖެހިފައިވާ ކަމަކީ ދުއްވާ އެއްޗިއްސަށްވުރެ ހިނގާބިނގާވެ އުޅޭ މީހުންނަށް އިސްކަންދޭ ގޮތަށް ބަދަލުތަކެއް ގެނައުމެވެ. މިކަން ކޮށްފިނަމަ ސްކޫލްތަކާ ކައިރީގައި ތިބި ގޭގެ މީހުން ސްކޫލަށް ކުދިން ގެންދާނީ ޔަގީނުން ވެސް ފައިމަގުގައި ހިނގާފަ އެވެ. ގިނައިން އުޅޭނީ ފައިމަގުގަ އެވެ. 

މީގެ ބޭނުމަކީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބިރެއްނެތި މަގުމަތީގައި ހިނގާބިނގާވެ އުޅޭނެ މަގުތަނަވަސް ކޮށްދިނުމެވެ. އަދި މާލެއަށް މި ވަގުތު އެންމެ ބޭނުންވާ އަނެއް ކަމަކީ ހުސް ޖާގަ އަދި ފެހި މައިޒާން ތަކެވެ. އެހެންވެ އަލައިކާގެ މެނިފެސްޓޯގައި ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް 10 މިނެޓުން ދެވޭހާ ގާތުގައި ޕާކުތަކާއި "ކޮމިއުނިޓީ ގާޑަން" ހަދަން ލިޔެފައިވެ އެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ކަން ކުރާ ގޮތެވެ. 

މީގެ އިތުރުން އަލައިކާ މެނިފެސްޓޯގައި ނާޒުކު ހާލަތްތަކުގައި ތިބި އާއިލާތަކާއި ސިންގަލް ޕޭރަންޓުންނަށް ހާއްސަ އިސްކަމެއް ދޭނެ ބޯހިޔާވަހިކަމުގެ އޮނިގަނޑެއް ތައާރަފްކުރަން ވެސް ވަނީ ކަނޑައަޅާފަ އެވެ. އަދި ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ހާއްސަ "އިންޑޯ އިވެންޓް ހޯލް" ތަކާއި ޗައިލްޑް ކެއާ އޭރިއާތައް ހަދައި، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް "ޖަމާއީ ޖާގަތައް" ހަދަން ވެސް މަސައްކަތް ކުރާނެ އެވެ.

މާލޭގައި ދިރިއުޅޭ ގިނަ އަންހެނުންނަށް އާމްދަނީ ހޯދޭނެ މާކަގިނަ ގޮތްތަކެއް ނެތެވެ. ނަމަވެސް ކުޑަ ބަދަލަކުން އެކަން ކުރެވިދާނެ އެވެ. އެހެންވެ، މިކަމަށް ހައްލު ގެނެސްދެން ކުރިން އަންހެނުން ކުރަމުން ދިޔަ ކުދިކުދި މަސަައްކަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ ވިސްނުންވެސް އަލައިކާ ގެންގުޅުއްވަ އެވެ. އަދި ރާއްޖޭގައި ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ ނަމަވެސް އެކަން ކުރަން ނޫޅޭ އަންހެނުންގެ ކޯޕަރޭޓް ތަކެއް އުފައްދައިގެން އޭގެން އާމްދަނީ ހޯދައިދޭން މަސައްކަތް ކުރުމުގެ ވިސްނުން ވެސް މެނިފެސްޓޯ އަށް ލައިފައިވަނީ އަލައިކާ އެވެ. 

އަދި ޕްރައިވެޓް ސެކްޓަރާ ގުޅިގެން ކޯލް ސެންޓަރާއި ސޯޝަލް މީޑިއާ މެނޭޖު ކުރުން އަދި ޑޭޓާ އެންޓްރީ ފަދަ ރިމޯޓްކޮށް ގޭގައި ތިބެގެން ކޮށްލެވޭނެ މަަސައްކަތްތަކެއް ފަހިކޮށްދޭން ވެސް މެނިފެސްޓޯގައި ހިމަނާގައިވަނީ އަލައިކާ އެވެ. މި ހުރިހާ ކަމެއް އަލައިކާގެ މި އިންތިހާބަށް ކުރިމަލައްވައިގެން އެ ހުންނެވީ އިންތިފާގަކުން ނޫނެވެ.

މި ހުރިހާ ވިސްނުމެއް އައިސްފައިވަނީ އަލައިކާ މަސައްކަތް ކުރެއްވި ދާއިރާތަކުންނެވެ. އެކަމަނާއަކީ ހިއުމަން ރައިޓްސް ކޮމިޝަންގައި ހިދުމަތް ކުރެއްވި ކަނބަލެކެވެ. ސިޔާސީ ދާއިރާގައި ނުވަ އަހަރު ވެއްޖެ އެވެ. އެކަމަނާ ސިޔާސީ ދާއިރާއަށް ނުކުންނެވީ ރައްޔިތުންނަށް ފަހިވާ ގޮތަށް ސިޔާސަތުތައް އިސްލާހު ކުރާށެވެ. އެކަމަކު ކުރިން ނުލިބުނީ ފުރުސަތެވެ. ނަމަވެސް މިފަހަރު ސަރުކާރު ހިންގާ މައި ޕާޓީއާއެކު ނުކުންވައިގެން އެ ހުންނެވީ، ހޮވިއްޖެނަމަ މި ތަނަވަސް ވިސްނުމުން އަންހެންނަށް ހެޔޮ ބަދަލުތައް ގެނައުމަށެވެ. އެކަމަށް ފިސާރި ކެރިގެންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.