ކައުންސިލަކީ ސަރުކާރުގެ ފަށަލައެއް، އިދިކޮޅު އިންތިހާބު ކުރީމަ ތަޅާފޮޅާނެ : ރައީސް

ޕީއެންސީން މާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނުމަށް ތިބޭ ބައެއް ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑޯ ޓު ޑޯ ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ--ފޮޓޯ: ސަން

ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައެއް ކަމަށާއި އެ ތަންތަނަށް އިދިކޮޅު މެންބަރަކު އިންތިހާބު ކޮށްފި ނަމަ އޮންނާނީ ސަރުކާރާ ތަޅާފޮޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މާލޭގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނުމަށް ތިބޭ ބައެއް ކަމަށާއި އެއީ ވެރިކަން ހިންގާ ބާރު ޖަވާބުދާރީ ކުރުވަން ތިބޭ ބައެއް ނޫން ކަމަށެވެ.

ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް އޮންނަނީ މަޖިލީހާ ހަވާލު ކޮށްފައި ކަމަށާއި ކައުންސިލްތަކަކީ ސަރުކާރު ހިންގާ ބާރުގެ ތެރޭގައި އޮންނަ ފަށަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ. 

"ވެރިކަން ކުރާ ބާރުގެ ތެރޭގެ ފަށަލައެއް ކައުންސިލަކީ އެ ފަށަލަ ތެރޭގައި ތަޅާ ފޮޅަންޏާ ކިހިނެތްތޯ ވާނީ." ރައީސް ވިދާޅުވި އެވެ.

ސަރުކާރުން މަޝްރޫއުތައް ހިންގުމަށް ބިން ހަވާލު ކުރުމާއި ރަޖިސްޓްރީ ކުރުމާއި ރައްޔިތުންނާ ގާތުން ސަރުކާރަށް އެހީތެރިވެ ދިނުމުގެ މަސައްކަތް ކައުންސިލުން ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅު ޕާޓީއެއްގެ މެންބަރަކު އެ ކައުންސިލަށް އިންތިހާބު ވެއްޖެ ނަމަ އޭނާ އަމަލު ކުރާނީ އެ ޕާޓީގެ ޓިކެޓުގައި ދެން އޮންނަ ރިޔާސީ އިންތިހާބަށް ވާދަ ކުރާ ފަރާތް ބުނާ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

އެހާ ހިސާބުން އެ ރަށު ކައުންސިލަކުން ސަރުކާރަށް އެއްބާރުލުން ދީގެން ތަރައްގީ ގެނައުމުގެ ބަދަލުގައި ފަށާނީ ސަރުކާރަށް ފެއިލް ކޮށްލަން މަސައްކަތް ކުރުމާއި އިދިކޮޅު ފަރާތްތައް ވެރިކަމަށް ގެނައުމުގެ މަސައްކަތް ކަމަށް ވެސް އެމަނިކުފަނު ވިދާޅުވި އެވެ.

"ސަރުކާރުން ވައުދުވި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅާ ފަރާތް އިންތިހާބު ކޮށްފި ނަމަ އަމިއްލަ ރަށުގެ ތަރައްގީ އަށް އެ ހުރަސް އެޅެނީ. ގައުމު އިސްކުރޭ، އަމިއްލަ އެދުމެއް ނޫން. ޕާޓިގެ ސިޔާސަތެއް ނޫން. އިސްކުރަންވީ ރަށް. ގައުމު." ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.