މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށާ ފުރަތަމަ ފަހަރެވެ.

ބާސެލޯސް ނަސަންދުރަ ޕެލަސް ހޮޓެލްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އާ ހިދުމަތްތައް އފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭ އިފްތިތާހުކުރެވުނު 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ.
ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ޚިދުމަތެއް ފޯރުކޮށްފިނުމަށެވެ. އަދި 2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ. މި މަޝްރޫއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފައެވެ.
" މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު. އާދެމިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މިއަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ޚިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް." މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ ޝަރީފު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވާރކަށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތްކޮށްފައިވެއެވެ.