ސްޓޫޑެންޓް ލޯނަށް ކުރިމަތިލާން ހުޅުވާލައިފި؛ ޑެޑްލައިނެއް ނެތް

މިނިސްޓްރީން ބުނީ ކިޔެވުމަށް ތައްޔާރުވެފައިވާ ކޮންމެ ދަރިވަރަކަށްވެސް، ޔުނިވާސިޓީގެ ޕްލޭސްމަންޓް ލެޓާ، އެމްކިއުއޭގެ ރިކޮގްނިޝަން ލެޓާ އަދި ފީ ސްޓްރަކްޗާ ލިބުމާއެކު ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު --

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ޑިގްރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ. 

އަދި، ޕްރޮފެޝަނަލް ލައިސަންސް ޕްރޮގްރާމުތަކާއި މެޑިކަލް ސްޕެޝަލައިޒޭޝަން ޕްރޮގްރާމުތަކާއި މެޑިކަލް ފެލޯޝިޕް ޕްރޮގްރާމުތައް ފުރިހަމަ ކުރުމަށްވެސް ލޯނު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިއަހަރު ލޯނަށް އެދުމަށް ހުޅުވާލާފައި ވަނީ ވަކި ސުންގަޑިއަކާ ނުލަ އެވެ. މިނިސްޓްރީން ބުނީ ކިޔެވުމަށް ތައްޔާރުވެފައިވާ ކޮންމެ ދަރިވަރަކަށްވެސް، ޔުނިވާސިޓީގެ ޕްލޭސްމަންޓް ލެޓާ، އެމްކިއުއޭގެ ރިކޮގްނިޝަން ލެޓާ އަދި ފީ ސްޓްރަކްޗާ ލިބުމާއެކު ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ދަރިވަރުން ހުށަހަޅާ އެޕްލިކޭޝަންތައް ލިބެމުންދާ ތަރުތީބުން ލޯނުތައް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ލޯނަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ 'ކުރި ޕޯޓަލް' މެދުވެރިކޮށެވެ.

ގެޒެޓުގައި މިހާރު އާންމުކޮށްފައި އެ އުސޫލުގައިވާ ގޮތުން، ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.