ޖޮއިންޓްކޮށް ލިބުނު ގޯތި ދޫކޮށްލުމުން ވަކިން ގޯތި ލިބޭ ސްކީމަށް ކުރިމަތިލާން ހުޅުވާލައިފި

މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ އެންމެން އެއްބަސްވެގެން އެ ގޯތި ދޫކޮށްލައި، ވަކިވަކިން ގޯއްޗަށް އެދި ހުށަހެޅޭ ސްކީމެކެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ -- ރަސްމާލެ

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހިންގާ "ބިންވެރިޔާ" ހާއްސަ ސްކީމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މިއީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ އެންމެން އެއްބަސްވެގެން އެ ގޯތި ދޫކޮށްލައި، ވަކިވަކިން ގޯއްޗަށް އެދި ހުށަހެޅޭ ސްކީމެކެވެ. 

އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލާފައިވާއިރު، އެ އުސޫލުގެ ދަށުން  ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފުލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކަށް ވެސް ގޯތި ދިނުމަށް ހިމަނާފައިވެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި ސްކީމުގެ ދަށުން ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތި ދޫކުރާނެ ކަމަށެވެ.

ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ 'ބޯހިޔާވަހިކަން އެންމެންނަށް' ޕޯޓަލްއިންނެވެ.

ރަސްމާލެއިން އެކި ކެޓަގަރީތަކުން ޖުމްލަ 15000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.