ސޮލާހާއެކު މާފުއްޓަށް ހީވެސް ނުކުރާވަރުގެ ބަދަލެއް

ހާޓް އޮފް މޯލްޑިވްސްގެ ގޮތުގައި ބަލާ މާފުއްޓަށް ވަނީ ސޮލާހުގެ ކައުންސިލްގެ ރައީސް ކަމުގެ ދައުރުގައި ގިނަ ބަދަލުތަކެއް އަންނާނެ ކަންތައްތަކެއް ކޮށްފަ އެވެ.

މީގެ އަހަރުތަކެއް ކުރީގައި މާފުއްޓަށް ދިޔައިރު އެ ރަށުގެ ގިނަ ރައްޔިތުން ތިބީ މާބޮޑު އުންމީދެގައެއް ނޫނެވެ. ރަށުގައި ޓޫރިޒަމް އޮތެއް ކަމަކު ރަށް އޮތީ ބެލެހެއްޓުން ނެތް ތަނެއްގެ ގޮތުގަ އެވެ. ކައުންސިލެއް އޮތްނަމަވެސް އެ ކައުންސިލުން ރައްޔިތުންނާ ގުޅުމެއް ނެތެވެ. ނަމަވެސް މީގެ އަހަރުތަކެއް ފަހުން މާފުށި ކައުންސިލް ހިންގުމާ ހަވާލުވެވަޑައިގަތް ހުސެއިން ސޮލާހާއެކު މުޅި މާފުށި ވަނީ ބޮޑު ބަދަލަކަށް ފޮރޮޅިފަ އެވެ. ކުރިން މި ރަށުގެ ކައުންސިލާއި ރައްޔިތުންނަކީ ގުޅުމެއް ނެތް ތަނެކެވެ. ނަމަވެސް މާފުށި ކައުންސިލްގެ ރައީސްގެ މަގާމަށް ސޮލާހު ހަވާލުވެޑަައިގަތުމަށްފަހު ދައުލަތުގެ އޮނިގަނޑުގެ ތެރޭގައި ހުރި ދަތިތަކާއެކުވެސް ރައްޔިތުންނާ ގާތަށް މާފުށި ކައުންސިލް ވަނީ ގެނެސްދީފައެވެ. އަދި ރައްޔިތުންނަށް ފަހިވާ ފައިދާހުރި ގިނަ ކަންތައްތަކެއް ވަނީ ކޮށް ދީފަ އެވެ. އަދި ދަނީ ކުރަމުންނެވެ.

އާބާދީގައި ގާތްގަނޑަކަށް 2،000 މީހުން ދިރިއުޅޭ ވެރިރަށް މާލެ ނަގާފައި އެންމެ ބޮޑު އިގްތިސޯދު ހިންގުމުގައި އިސްކޮށް އުޅުއްވާ ސޮލާހު ވަނީ މި ރަށަށް ބޮޑު ބަދަލުތަކެއް ގެނުވާނެ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އެއިރެއްގައި އޮތް ސަރުކާރަކާއެކު ގުޅިގެން ކުރި ބުރަ މަސައްކަތްތަކާއެކު މީގެ ހެޔޮ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. މިގޮތުން މާފުށީގެ ތާރީހުގައި އެންމެ ފެހި ދުވަސްތަކަކީ މިދިޔަ ސަރުކާރުގެ ފަސް އަހަރެވެ. އެ ފަސްއަހަރު މާފުށި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ރަށެއް ހިއްކި އެވެ. މި ރަށުގައި މާފުށީގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލު ކުރަން ގޯތި ދިނެވެ. 

މާފުއްޓަކީ ޓޫރިޒަމަށް ފަހި ރަށަކަށްވާތީ މި ރަށުންވެސް ލޯކަލް ޓޫރިޒަމަށް ބިން ދޫކުރި އެވެ. ސަރުކާރުގެ އެމްޓީސީސީ ކުންފުނިން މިރަށް ހިއްކިއިރު ރަށާއި އިންވެގެން ކުރިން ފިނޮޅެއްގެ ގޮތުގައި އޮތް ވަށްމާފުށި ވެސް ރަށެއްގެ ގޮތުގަައި ހިއްކާ ޕިކްނިކް އައިލެންޑެއް ހެދި އެވެ. އަދި މިހާރު މި ރަށުގައި ކަރަންޓު ލައި ފެން އެޅުމުގެ މަސައްކަތް ފެށިފައިވަނީ ވެސް ސޮލާހުގެ ބުރަ މަސައްކަތުންނެވެ. މީގެ އިތުރުން ސޮލާހުގެ ޒައާމަތު ވެގެން ދަނީ މާފުށީގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދިން އަހަރުތަކަށެވެ.

ތައުލީމީ އަދި ތަރުބިއްޔަތު

  •  މާފުށީ ޕްރީސްކޫލް - ޕްރީސްކޫލް މަރާމާތުކޮށް، ކުލާސްރޫމްތައް އޭސީ ކުރުން
  •  މާފުށީ ސްކޫލް - ހުރިހާ ކުލާސްރޫމެއް އޭސީކޮށް، މަލްޓިޕާޕަސް ހޯލް މަރާމާތުކުރުން، މީގެ އިތުރުން ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިޔާގަނޑެއް ގާއިމުކުރުން
  •  މަތީ ތައުލީމު - އިސްލާމިކް ޔުނިވަރސިޓީއާ ގުޅިގެން ބެޗްލަރ އޮފް ޓީޗިން ކޯސް ރަށުގައި ކުރިއަށް ގެންދިއުމާއި، ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުން
  •  ސްކޫލަށް އާމްދަނީ ހޯދައިދިނުން - ސްކޫލަށް ދާއިމީ އާމްދަނީއެއް ލިބޭނެ މަގު ފަހިކުރުމަށްޓަކައި ބިމެއް ދޫކޮށް، ކްލަބްގެ ފަރާތުން ކުލި ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  •  ކޮންމެ އަހަރު 15 ދަރިވަރުންނަށް ސްކޮލާޝިޕް ދިނުން

އިޖުތިމާއީ އަދި ދީނީ ހިދުމަތްތައް

މިސްކިތްތައް - ރަށުގެ ހުރިހާ މިސްކިތެއް އޭސީކޮށް، ނެވީލޯން ކާޕެޓް އެޅުމުގެ އިތުރުން ސޯލާ ހަކަތަ ބޭނުންކުރަން ފެށުން.
ރޯދަ ހަދިޔާ - މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕެނީ މެދުވެރިކޮށް ކޮންމެ ރޯދަމަހަކު ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ބެހުން.
ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް- ހެލްތު ކްލަބް މެދުވެރިކޮށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

އުމްރާނީ ތަރައްގީ އާއި ބޯހިޔާވަހިކަން

ބޯހިޔާވަހިކަން - 308 ފަރާތަކަށް ގޯތި ދޫކުރުމާއި، ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުން.
މަގުތައް - ރަށުގެ މަގުތައް ލެވެލްކޮށް ބެލެހެއްޓުމާއި، ހިއްކި ސަރަހައްދުގައި ސޯލާ މަގުބައްތި ޖެހުން.
ލޭންޑް ޔޫސް ޕްލޭން- ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (އެލްޔޫޕީ) އެކުލަވާލައި ފާސްކުރުން.
ކައުންސިލް އިދާރާ - ކައުންސިލް އިމާރާތް މަރާމާތުކޮށް ޖާގަ އިތުރުކުރުމާއި، އިމާރާތްތަކުގައި ސޯލާ ޕެނަލް ހަރުކުރުން.
ކޮންފަރެންސް ސެންޓަރު - ކޮންފަރެންސް ސެންޓަރުގެ މަސައްކަތް ފަށައިގެން ކުރިއަށް ދިއުން.

ކުޅިވަރާއި މުނިފޫހިފިލުވުން

ދަނޑުތައް - ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމާއި، ފުޓްސަލް ދަނޑު މަރާމާތުކުރުން.
އައު ވަސީލަތްތައް - ވޮލީ ކޯޓެއް ގާއިމުކުރުމާއި، ޒަމާނީ ސްކޭޓް ޕާކެއް ހުޅުވުން.
ޕާކު - ކުރީގެ އިސްލާހިއްޔާ ސަރަހައްދުގައި ޕާކެއް އެޅުމުގެ ކޮންސެޕްޓް ފައިނަލްކޮށް ބަޔަކާ ހަވާލުކުރުން.
ޕިކްނިކް އައިލެންޑް - "ވައްމާފުށި" ޕިކްނިކް އައިލެންޑްގެ މަސައްކަތް.

އިގްތިސާދީ އަދި އިތުރު ހިދުމަތްތައް

މާފުށީ ބްރޭންޑް - ރަށުގެ ފަތުރުވެރިކަމާއި ތަސައްވުރު ކުރިއެރުވުމަށް "މާފުށީ ބްރޭންޑް" ލޯންޗުކުރުން.

އޯވަރ ވޯޓަރ ރެސްޓޯރަންޓް - މި މަޝްރޫއުގެ ސީއެސްއާރު ގެ ދަށުން ފާލަމާއި، ވޯޓާ ޕާކް އަދި ސްވިމިންގ ޓްރެކެއް އެޅުމަށް ބަޔަކާ ހަވާލުކުރުން.
ބޭންކިން - ރަށުގައި އިސްލާމިކް ބޭންކްގެ އޭޓީއެމްއެއް ބެހެއްޓުން.
ލޯކަލް ކޮމްޕެނީ - ރަށުގެ މަސައްކަތްތައް ހިންގުމަށް ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއް އުފެއްދުން.
ލައިސަންސް - ރަށުން ބޭރަށް ނުގޮސް، މާފުށީގައި ތިބެގެން ލައިސަންސް ނެގޭނެ އިންތިޒާމު ހަމަޖެއްސުން.
ސިއްހަތު - މާފުށީ ހޮސްޕިޓަލުގެ ވެއިޓިންގ އޭރިއާ އޭސީކުރުން.
ޖަމިއްޔާތަކަށް އެހީ - ރަށުގެ ކުރިއެރުމަށް މަސައްކަތްކުރާ ކްލަބް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.