ފުލުހުން ބުނީ އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ޓޫރިސްޓަރު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެފައިވާ ކަމަށެވެ. މިހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:59 ހާއިރު އެވެ.

ނިޔާވެފައި ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސް އުޅުނު ޖަރުމަނު ވިލާތުގެ ފިރިހެނެކެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.