ތިން ކޮޓަރީގެ ފްލެޓު ވިއްކަނީ 2.3 މިލިއަން ރުފިޔާ އަށް، ދެ ކޮޓަރީގް ފްލެޓު 1.8 މިލިއަން ރުފިޔާ އަށް

އަމިއްލަ ކުންފުނިތަކުން ފްލެޓް އިމާރާތް ކުރުމަށް ހަތް ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރިއަލް އެސްޓޭޓް މާކެޓުގައި ފްލެޓުގެ އަގު ބޮޑުވުމުން ގަތުމުގެ ގާބިލްކަން ނެތް ފަރާތްތަކަށް ސަރުކާރުން ވަނީ ހާއްސަ ސްކީމެއްގެ ދަށުން ކުޑަ އަގެއްގައި ފްލެޓު ގަތުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފަ އެވެ.
ބީއެމްއެލްގެ 364 ފްލެޓްގެ ބިންގާ އަޅަން ރޭ ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ އެ އުސޫލުން ފްލެޓް އިމާރާތްކޮށް ވިއްކުމަށް އެދޭ އަމިއްލަ ކުންފުނިތަކަށް ފުރުސަތު ހުޅުވާލުމުން މުއްދަތު ހަމަވި އިރު ހަތް ކުންފުންޏަކުން 2000 ޔުނިޓު އިމާރާތް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ގެދޮރު އިމާރާތް ކުރުމަށް ހަރަކާތްތެރިވާ ބޮޑެތި ގިނަ ކުންފުނިތައް ހިމެނޭ." މުއްތަލިބް ވިދާޅުވި އެވެ.
އެ ޕްރޮޕޯސަލްގެ ދަށުން އެ ފަރާތްތަކުން ފްލެޓު އަޅަން ގިނަ ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން؛
މުއްތަލިބް ވިދާޅުވި ގޮތުގައި އެ ލުއިތައް ދެނީ އާންމުންނަށް އަގު ހެޔޮކޮށް ފްލެޓު ވިއްކުމަށް ޝަރުތު ކޮށްފަ އެވެ. އެގޮތުން ތިން ކޮޓަރީގެ ފްލެޓު ވިއްކޭނެ އެންމެ ބޮޑު އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށާއި ދެ ކޮޓަރީގް ފްލެޓު 1.8 މިލިއަން ރުފިޔާ އަށް ވިއްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެއީ [މާކެޓުގައި ހުރި] އަގުތަކާ އަޅާ ބަލާއިރު އެކަށީގެންވާ ކުޑަ އަގެއް،" މުއްތަލިބް ވިދާޅުވި އެވެ.
އެ މޮޑަލްގެ ދަށުން އަޅާ ފްލެޓްތައް ގަތުމުގެ ފުރުސަތު އޮންނަނީ މިހާރު ސަރުކާރުން އިއުލާން ކޮށްފައިވާ ބޯހިޔާވެހިކަމުގެ ސްކީމްތަކަށް ޝަރުތު ހަމަވެ ފްލެޓަށް އެދި ފޯމް ލާފައިވާ ފަރާތްތަކަށެވެ. އެހެންވެ އެ ފްލެޓު ގަންނަން އެދޭ ނަމަ ސްކީމްތަކަށް ފޯމް ލުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިއީ ބޯހިޔާވެ