އެފޯޑަބަލް ހައުސިން | އިތުރު 540 ފެލްޓު އަޅަން ބީއެމްއެލްއިން ނިންމައިފި

އެއާ އެކު، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން އިން މާލެ ސަރަހައްދުގައި ޖުމްލަ 3،800 ފްލެޓް އަޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ބީއެމްއެލް

އަގު ހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްއިން އުފައްދާފައިވާ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހިންގަމުންދާ މަޝްރޫއުގެ ތެރެއިން އިތުރު 540 ފްލެޓު އަޅަން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.

މަރުކަޒީ ބޭންކުން އެކުލަވާލި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ޖުމްލަ 3260 ފްލެޓު އަޅަން އޮތީ ހަމަޖެހިފަ އެވެ. 

ހުޅުމާލޭގައި އިމާރާތް ކުރާ 364 ފްލެޓް އިމާރާތް ކުރަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވީ މަޝްރޫއުގެ ދަށުން އިތުރު 540 ފްލެޓް އަޅަން ބޭނުންވާ ބިން ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ. 

"މިގޮތުން އަޅުގަނޑުމެން މި ވަނީ އިތުރު 540 ޔުނިޓް ގާއިމްކުރުމަށް ނިންމާފައި. އަޅުގަނޑުމެންގެ އަމާޒަކީ 2028 ވަނަ އަހަރުގެ ކުރިން މި މަސައްކަތް ނިންމާލެވޭނެ ގާބިލް ދިވެހި ކުންފުންޏަކާ ނުވަތަ ކުންފުނިތަކަކީ މި މަސައްކަތް ހަވާލުކުރުން،" ޝަރީފް ވިދާޅުވި އެވެ.

އެއާ އެކު، ބީއެމްއެލްގެ އެފޯޑަބަލް ހޯމް ލީސިން އިން މާލެ ސަރަހައްދުގައި ޖުމްލަ 3،800 ފްލެޓް އަޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

މިހާތަނަށް މި މަޝްރޫއުގެ ދަށުން ވިލިމާ ލެއާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައި ފްލެޓު އަޅަން ވަނީ ފަށާފަ އެވެ. އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2960 ފްލެޓު އަޅާނެ އެވެ. 

މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ޗައިނާގެ ދެ ކުންފުނި ކަމަށްވާ ސީއެމްއީސީ އާއި ބީޔޫސީޖީ އަދި އަމީން ކޮންސްޓްރަކްޝަން އާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރުސީސީ އަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.