ބީއެމްއެލް އެފޯޑަބަލް ކުންފުނިން މެނޭޖުކުރާ މި 364 ފްލެޓުގައި 2 ޓަވަރު ހުރެ އެވެ. އަދި މި ފްލެޓުތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓތްތަކެވެ. މިތަނުގެ ބޮޑު މިނުގައި 900 އަކަފޫޓު ހުރެ އެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ހުޅުމާލޭގައި އިމާރާތް ކުރާ 364 ފްލެޓް އިމާރާތް ކުރަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށް އަމަލީ މަސައްކަތް ފަށައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގަ އޮތް ރަސްމިއްޔާތެއްގައި މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ.
އަމީން ކޮންސްޓަކްޝަން އިން ތަރައްގީ ކުރާ މި 364 ފްލެޓުގައި 2 ޓަވަރު ހުރެ އެވެ. އަދި މި ފްލެޓުތަކުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓތްތަކެވެ. މިތަނުގެ ބޮޑު މިނުގައި 900 އަކަފޫޓު ހުރެ އެވެ.
މަރުކަޒީ ބޭންކުން އެކުލަވާލި އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން ޖުމްލަ 3260 ހަފްލެޓު އަޅާނެ އެވެ. މި ތަންތަން 2028 ގައި ނިމޭނެ އެވެ. އަދި މިހާތަނަށް މި މަޝްރޫއުގެ ދަށުން ވިލިމާ ލެއާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައި ފްލެޓު އަޅަން ވަނީ ފަށާފަ އެވެ.. އަދި ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2960 ފްލެޓު އަޅާނެ އެވެ. މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ
ޗައިނާގެ ދެ ކުންފުނި ކަމަށްވާ ސީއެމްއީސީ އާއި ބީޔޫސީޖީ އަދި އަމީން ކޮންސްޓްރަކްޝަން އާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން އަދި އާރުސީސީ އަށެވެ.