ފުވައްމުލަކު ޑްރަގު ނެޓްވޯކުގެ ދެ ބޮޑުން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދު

ނަމަވެސް، ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައި ވަނިކޮށް، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭގެ ވަގުތެއްގައި އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުވައްމުލަކު ޑްރަގު ނެޓްވޯކްގެ ބޮޑުން ކަމަށް ބުނާ ނިއުޝާދު އަދި އާޒިމް--

ފުވައްމުލަކު ސިޓީގައި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް ހިންގާ ދެ ބޮޑުން ކަމަށްވާ އެރަށު ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމާއި އެރަށު ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު އަލުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެ ދެމީހުން ހައްޔަރު ކުރީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. 

އޭގެފަހުން މިދިޔަ އަހަރުގެ މާޗު މަހު އެމީހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުރުގެ ދައުވާ އުފުލައިފަ އެވެ.

ނަމަވެސް، ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައި ވަނިކޮށް، ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭގެ ވަގުތެއްގައި އަލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އަދި އެމީހުން ދޫކޮށްލަން ކޯޓުން ކަނޑައެޅި ޝަރުތުތަކާ ހިލާފުވެފައިވާތީ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ކުރި ދައުވާގައި، އެމީހުން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އާއި މުދާ ނަގައިދިނުމަށް ވަނީ އެދިފަ އެވެ. އެގޮތުން 1.1 މިލިއަން ރުފިޔާ ނަގައިދިނުމަށް ވަނީ އެދިފަ އެވެ. އެ ފައިސާ އަކީ ދައުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ތެރެއިން މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް، ބަހައްޓާފައިވާ ފައިސާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން، މިމީހުންގެ މިލްކިއްޔާތުގައި ހުރި 4 ސައިކަލާއި، 5 ކާރާއި، 2 ޕިކަޕާއި، ކަނޑު އުޅަނދެއްގެ އިތުރުން 29 ސަންކޮނުއާ ގުރަ އަދި 9 ރިންގްނެކް ގުރާ ދައުލަތަށް ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.