ބޯހިޔާވެހިކަމަކީ ސިޔާސީ ކަމެއް ނޫން، އިންސާނިއްޔަތަށް ކުރާ ކަމެއް: މުއްތަލިބް

"އެ ހާލަތު ފެނުމުން ބޯހިޔާވެހިކަމަކީ ކިހާ ހައްސާސް މައްސަލައެއް ކަން އިހުސާސް ކުރެވޭނެ. މި ސަރުކާރަށް ބޯހިޔާވެހިކަމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހިފައިވާ ކަމެއް ސިޔާސީ ކަމެއް ނޫން." މުއްތަލިބް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް--ފޮޓޯ: ހައުސިން މިނިސްޓްރީ

ސަރުކާރުން ބޯހިޔާވެހިކަން ފޯރުކޮށްދެނީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ނޫން ކަމަށާއި އެއީ އިންސާނިއްޔަތަށްޓަކައި ކުރާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބީޔޫސީޖީ އާ ހަވާލު ކޮށްގެން އަޅާ 1190 ފްލެޓުގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ދެމަފިރިންނާއި ދަރިން އެއްކޮޓަރިއެއްގައި ނިދައި އެއް ފުރާޅެއްގެ ދަށުގައި ދަރިންނާއި ދަރިންގެ ދަރިންނާ އެއްކޮށް މާލޭގައި އާއިލާތައް ދިރިއުޅެމުން އަންނަ ކަމަށެވެ. 

ރަނގަޅަށް ވައި ދައުރު ނުވާ ފެން ލީކުވާ ފަދަ ތަންތަނުގައި ކުޑަ ކުދިންނާއި ދުވަސްވީ މީހުން އަދި ބަލި މީހުން އުޅެން ޖެހުމަކީ ދެރަ ކަމެއް ކަމަށާއި އެއީ ޖީޑީޕީގެ ނިސްބަތުން ބޮލަކަށް 17،000 އަށް ވުރެ ބޮޑޫ އަދަދެއް ޖެހޭ ގައުމެއްގެ ހާލަތު އޮންނަންވީ ގޮތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އެ ހާލަތު ފެނުމުން ބޯހިޔާވެހިކަމަކީ ކިހާ ހައްސާސް މައްސަލައެއް ކަން އިހުސާސް ކުރެވޭނެ. މި ސަރުކާރަށް ބޯހިޔާވެހިކަމަކީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހިފައިވާ ކަމެއް ސިޔާސީ ކަމެއް ނޫން." މުއްތަލިބް ވިދާޅުވި އެވެ.

މާޒީގައި ކުރި ތަޖުރިބާ އަށް ބަލާއިރު ބީހިޔަވެހިކަން އެންމެ ބޭނުންވާ އާއިލާތަކަކީ އާންމު ސްކީމްތަކުން ފްލެޓް ލިބުމުގެ އެންމެ ފުރުސަތު ކުޑަ ފަރާތްތައް ކަމަށް މުއްތަލިބް ވިދާޅުވި އެވެ. އެއީ ބޭނުންވާ ވަރަށް ލިޔެކިޔުންތައް ހަމަނުވުމާއި ރަނގަޅަށް އުސޫލު އޮޅުން ނުފިލުމާއި ނުވަތަ އެހެނިހެން ވެސް ސަބަބަކާ ހެދި އެންމެ ބޭނުން ޖެހިފައިވާ ފަރާތްތައް ބާކީ ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ ފަރާތްތައް ހޯދައި އެ މީހުންނަށް އެހީތެރިވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން ޕްރައިއޯރިޓީ ސޯޝަލް ހައުސިން ރަޖިސްޓާއެއް ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އޭގެ އިތުރުން އެއް ގިންތިއަކުން ހުރިހާ ފަރާތްތަކަށް ބޯހިޔާވެހިކަން ފޯރު ކޮށްދިނުމުގެ ބަދަލުގައި ފްލެޓު ގަންނަން ބޭނުންވާ ފަރާޓްތަކާއި ހެޔޮ އަގެއްގައި ފްލެޓު މިލްކު ކުރަން ބޭނުންވާ ފަރާތްތަކާއި އަދި އެންމެ ނިކަމެތި އާއިލާތަކަށް ފްލެޓު ލިބޭނެ ގޮތްތައް ވަކިވަކިން ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިން - ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް އަޅާނެ އެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ އެވެ. މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާޓްމަންޓުތަކެކެވެ.ހައުސިން ޔުނިޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.