ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފި

މިނިސްޓްރީގެ އެ ނިންމުމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރޭ ވަނީ ބޭނުން ދާއިރާއަކުން ކިޔެވޭ ގޮތަށް އަލުން ބަދަލުކޮށްފަ އެވެ.

ރައީސްގެ ސްކޮލަޝިޕް ލިބުނު ދައިވަރުންތަކެއް --

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދާ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން ރައީސްގެ ސްކޮލަޝިޕްގެ ދަށުން ދެން ކިޔެވޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ނިންމި ނިންމުން ބަދަލުކޮށް، ބޭނުން ދާއިރާއަކުން ކިޔެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ނެރުނު އާ އުސޫލުގައި ބުނެފައިވަނީ ސްކޮޕަޝިފްގެ ދަށުން އަންނަ އަހަރުން ފެށިގެން ކިޔެވޭނީ ޓްރެއިނިން ހޯދައިގެން ވަޒީފާ އަދާކުރެވޭ ދާއިރާތަކުން އެކަންޏެވެ.

"ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނޭހެން 27 ދާއިރާއެއް ކަނޑައަޅާފައިވެ އެވެ.

މިނިސްޓްރީގެ އެ ނިންމުމާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރޭ ވަނީ ބޭނުން ދާއިރާއަކުން ކިޔެވޭ ގޮތަށް އަލުން ބަދަލުކޮށްފަ އެވެ.

އާ އުސޫލުގައި ބުނެފައި ވަނީ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، ދެން ކިޔެވޭނީ ރާއްޖޭން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކުގައި ކަމަށެވެ.

އަދި ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 6،000 ރުފިޔާގެ އިނާޔަތެއް ދިނުމަށްވެސް ކަނޑައަޅާފައިވެ އެވެ.

މީގެއިތުރުުން. ރައީސްގެ ސްކޮލަޝިޕް ލިބޭނީ، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ދިވެހި އިސްލާމް ހިމެނޭހެން ފަސް މާއްދާގައި ބައިވެރިވުމާއެކު، މަދުވެގެން އެއް މާއްދާއިން "އޭ ސްޓާ" ހޯދުމާއެކު، އަނެއް ހަތަރު މާއްދާއިން "އޭ ސްޓާ" ނުވަތަ "އޭ" ހޯދާ ދަރިވަރުންނަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.