ހިޒްބުﷲ ހަނގުރާމަވެރިން ވަނީ އިސްރާއިލް ސިފައިންނަށް ޖެހިޖެހިގެން ދެ ފަހަރު ހަމަލާ ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން އެ ގައުމަށް ވަނީ ސިހުން ލިބިފަ އެވެ.

އިސްރާއިލާއި ހިޒްބުﷲ އިން ލުބުނާންގެ ތެރޭގައި ހިނގި ކުރިމަތިލުންތަކެއްގައި އިސްރާއިލްގެ އެތައް ސިފައިންނެއް މަރުވެފައިވާކަން އެ ގައުމުން އެއްބަސް ވެއްޖެ އެވެ.
އިސްރާއިލްގެ ނޫސްތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި މަރުވި ސިފައިންގެ އަދަދު ހަތަރަކަށް އަރަ އެވެ. އަދި އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އެ ގައުމުގެ ނޫސްތަކުގައިވާ ގޮތުން މި ހަމަލާގައި ސިފައިންގެ ދެ މީހުން މަރުވެފައިވާކަން މިހާތަނަށް ވަނީ އަސްކަރިއްޔާއިން ޔަގީންކޮށްދީފަ އެވެ.
މި ހާދިސާއާ ގުޅިގެން ހެދި ތަހުގީގަކުން އެނގޭ ގޮތުގައި، އިއްޔެ އިރުއޮއްސި 6:30 ހާއިރު ދެކުނު ލުބުނާނުގެ ހުޅަނގު ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ "ނަހާލް ރެކޮނަސަންސް ޔުނިޓް" ގެ ސިފައިންނަށް ހިޒްބުﷲގެ ހަނގުރާމަވެރިންގެ ގްރޫޕެއް ފެނުމުން ހަމަލާ ހަމަލާ ދޭން ފެށުމުން ބަދަލުކުރި ހަމަލާތަކުގަ އެވެ. އަދި މިހަމަލާއަށްފަހު ޒަހަމްވި ސިފައިން އެ ސަރަހައްދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހިޒްބުﷲގެ ހަނގުރާމަވެރިން ވަނީ އެންޓި ޓޭންކް މިސައިލް ބޭނުންކޮށްެގެން އަނެއްކާވެސް ހަމަލާދީ އިސްރާއިލް ސިފައިންނަށް ސިހުން ގެނުވާނެ އެވެ. މިހަމާތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރީ ކޮމާންޑަރުން ތިބީ ސިހުމެއްގެ ތެރޭގަ އެވެ.