އިސްރާއިލުން ފެށި ހަނގުރާމައިގެ ބިލާ ހަވާލުވާން އަރަބިންގެ ގާތު އެދެނީ

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް މިއީ ރައީސް ޓްރަމްޕް ވަރަށް ޝައުގުވެރިވާ ކަމެއް ކަމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް -- ރޮއިޓާސް ފޮޓޯ

އެމެރިކާ އާއި އިސްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޚަރަދުތައް ފޫބެއްދުމަށް، ގަލްފުގެ ގައުމުތަކުގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮތް ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ. 

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ހޯމަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުވެއިތާއި، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ ފަދަ ގައުމުތަކުން ހަނގުރާމައިގެ ބޮޑު ބައެއް ހިއްސާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މީގެ ކުރިން 1990-91 ގެ ގަލްފު ހަނގުރާމައިގައި ވެސް މި ގައުމުތަކުން ވަނީ އެމެރިކާ އަށް މާލީ ގޮތުން ބޮޑެތި އެހީތަކެއް ދީފައެވެ.

"މިއީ ރައީސް (ޓްރަމްޕް) ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެއް. މިއީ އެމަނިކުފާނުގެ ވިސްނުންފުޅުގައި ހުރި ކަމެއްކަން އަޅުގަނޑަށް އެނގޭ،" ލީވިޓް ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށުނީއްސުރެ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ޓްރަމްޕް ވަނީ ނޭޓޯ އާއި ވިލާތުގެ ގައުމުތަކުން މިކަމުގައި އެހީތެރިނުވާތީ ކޯފާ އިސްވެފަ އެވެ. ހަނގުރާމަ ފެށުނު ފަހުން ވޭތުވެދިޔަ ހަތަރު ހަފުތާގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ 11،000 އަށްވުރެ ގިނަ އަމާޒުތަކަށް ބޮން އަޅާފައެވެ. ނަމަވެސް ނަތީޖާއެއް އަދިވެސް ފެނިފައެއް ނުވެ އެވެ. މީގެ ބަދަލުގައި އީރާނުން ދޭ ހަމަލާތައް މެދުނުކެނޑި ދަނީ އިސްރާއިލަށް އަރަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.