ސްޓެލްކޯގެ ރަށްރަށުގެ ހިދުމަތްތައް ބަލަވާލައްވަން ޑރ. އަޒްވަރު ގިނަ ރަށްތަކަށް

ސްޓެލްކޯ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރަކީ އުމުރުން 20 އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހިދުމަތްތެރިއެކެވެ.

ސްޓެލްކޯ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑީއެމްޑީ ޑރ. އަޒުވަރު ސްޓެލްކޯ މުވައްޒަފުންނާއެކު -- ސްޓެލްކޯ

ރާއްޖޭގެ ގިނަ ރަށްތަކާއި ވެރިރަށް މާލެއަށް ކަރަންޓުދޭ ކުންފުނި، ސްޓެލްކޯގެ ހިންގުމާ ހަވާލު ހުންނެވި ޑރ. އަލީ އަޒްވަރު ހިދުމަތްދޭ ރަށްރަށުގެ ހާލަތު ބަލަހަން ގިނަ ރަށްތަކަށް ޒިޔާރަތް ކުރައްވައިފި އެވެ. 

ސްޓެލްކޯ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަޒްވަރާއި، ބޯޑުގެ ޗެއާމަން މުހައްމަދު ލަތީފްގެ އިތުރުން ކުންފުނީގެ އިސްވެރިން އެންމެ ފަހުން ވަޑައިގަތީ އދ. އޮމަދޫއަށެވެ. 

މި ޒިޔާރަތުގައި ވަނީ އެ ރަށުގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ އިންތިޒާމުތައް ބައްލަވާލައްވާފަ އެވެ. އަދި މި ޒިޔާރަތުގައި އޮމަދޫގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި، މަސައްކަތުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެ އެވެ. 

މީގެ އިތުރުން އޭގެ ކުރިން ވަޑައިގެންވެނީ އދ. ފެންފުއްޓަށެވެ. އަދި އެއަތޮޅު މަންދޫ އާއި  ދިއްދޫ އަދި ދިގުރަށުގެ އިތުރުން ދަނގެއްޗަށް ވެސް މިހާތަނަށް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

ސްޓެލްކޯ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރަކީ އުމުރުން 20 އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހިދުމަތްތެރިއެކެވެ. އަޒްވަރު ވަނީ ސްޓެލްކޯއަކީ 2008 ވަނަ އަހަރާހަމައަށް ވެސް ގެއްލުންވާ ކުންފުންޏެއްގެ ގޮތުގައި ސްޓެލްކޯ އޮތް އޮތުމަށް ބަދަލު ގެނައުމަށްޓަކައި ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން ފާހަގަ ކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.