ތިލަފުއްޓަށް ބަނދަރު ބަދަލުކުރުން | ޖިއޯ ޓެކްނިކަލް ސާވޭ ކުރިއަށް

މި މަސައްކަތް ހަވާލުކުރީ ޗައިނާގެ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އެވެ. މި މަޝްރޫއުގެ ދަށުން މިހާރު އޮތް ފަސް ހެކްޓަރުގެ ޕޯޓުގެ ބަދަލުގައި 20 ހެކްޓަރުގެ ބޮޑު ތަނަކަށް ބަދަލު ވެގެންދާނެ އެވެ.

ޗައިނާގެ ހާބަ އިންޖިނިއަރިން ކޮމްޕެނީއިން ޖިއޯ ޓެކްނިކަލް ސާވޭ ކުރަނީ -- އެމްޕީއެލް

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަނދަދު ބަދަލުކުރަން ޗައިނާ ކުންފުނިން ޖިއޯ ޓެކްނިކަލް ސާވޭ ފަށައިފި އެވެ.

އެމްޕީއެލް އިން ބުނީ ތިލަފުށީ ބަނދަރުގެގެ ފޭސް-އެކެއްގެ ޑިޒައިން އަދި ސަރވޭގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ "ޖިއޯ ޓެކްނިކަލް" ސަވޭގެ މަސައްކަތެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-އެކެއްގެ ޑިޒައިން އަދި ސާރވޭގެ މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިންނެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ މި އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައެވެ.

ސީއެމްސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސާވޭތައް ވަނީ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށް ނިންމައި ފުރިހަމަކޮށްފަ އެވެ.

ޖިއޯ ޓެކްނިކަލް ސާވޭ - ޖިއޯޓެކްނިކަލް ސާވޭއަކީ އިމާރާތެއް ނުވަތަ އުމްރާނީ ތަރައްގީގެ މަޝްރޫއެއް ފެށުމުގެ ކުރިން، އެ މަސައްކަތް ހިންގާ ބިމުގެ އަޑީގެ ހާލަތު ދެނެގަތުމަށް ހަދާ ދިރާސާއެކެވެ. މި ސާވޭގައި ބިމުގައި ހުރި ވަރުދެނެގަންނާނެ އެވެ. މީގެ އިތުރުން މަސައްކަތް ފަށަން ބިންގާ އެޅުމަށް އެންމެ ރަނގަޅު ގޮތް ނިންމާނެ އެވެ. 

މި މަޝްރޫއުގެ ދަށުން މިހާރު އޮތް ފަސް ހެކްޓަރުގެ ޕޯޓުގެ ބަދަލުގައި 20 ހެކްޓަރުގެ ބޮޑު ތަނަކަށް ބަދަލު ވެގެންދާނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން 650 މީޓަރުގެ ކީ ވޯލް އަކާއި 125 މީޓަރުގެ މަގަތު ފާލަމެއްގެ އިތުރުން އެކްސް-ރޭ ފެސިލިޓީއާއި، އޮޓޮމޭޓެޑް ވަސީލަތްތަކާއި ބޮންޑަޑް ވެއާހައުސް ގާއިމް ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.