އަންނަ މަހު 19 ގައި ތިން ކްރޫޒްލައިނާ | ޖާގަ ނުލިބިގެން މާޔާގެ ކަންބޮޑުވުން

އަންދާޒާ ކުރެވޭ ގޮތުގައި މި އުޅަނދުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު 6،000 އާ ގާތް ކުރާނެ އެވެ. އެހެންވެ މިއީ ޓޫރިޒަމް ހީނަރުވެފައިވާ ވަގުތެއްގައި ލިބޭ އިގްތިސޯދީ ފުރުސަތަކަށްވާނެ އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހަކީ މިފަހުގެ ތާރީހުގައި މާލެ ބަނދަރު އެންމެ ބިޒީވާނެ ދުވަހަށްވާނެ އެވެ. ސަބަބީ އެ ދުވަހު މާލެ ބަނދަރުގައި ތިން ކްރޫޒްޝިޕް އޮންނާނެ އެވެ. ނަމަވެސް މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި އުޅަނދުތައް އަންނަ ދުވަސްވަރު މާލެ ބަނދަރުން ޖާގަ ނުލިބުމެވެ. 

ސުޕަ ޔޮޓްތަކާއި މެގަޔޮޓްތައް ގެންނަ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އިސް ވެރިއަކު މިރާއަށް ވިދާޅުވ ގޮތުގައި 19 ވަނަ ދުވަހު ކްރޫޒްޝިޕެއް އަންނައިރު ޖެހިގެން އަންނަ ދުވަހު ދެ އުޅަނދު ބަނދަރު ކުރާނެ އެވެ. އެހެންވެ އެ ތިން ކްރޫޝިޕް މާލެ ބަނދަރުގައި އޮންނާނެ އެވެ. ނަމަވެސް މި އުޅަނދުތައް އައިނަމަވެސް ކްރޫޒްލައިނާ އިން އަންނަ ޓޫރިސްޓުން ފެއިބޭނެ ގޮތެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

"މިހާތަނަށް ކަމާބެހޭ އިދާރާތަކުންވެސް ބުނެފައިވަނީ ޖާގައެއް ނެތް ކަމަށް އެއް ނަމްބަރުގައި، ސަބަބަކީ މާލެ ބޮޑުތަކުރުފާނު މަގު ހަދަމުން ދިއުން. އެކަމަކު އަޅުގަނޑުގެ ވާހަކައަކީ މިފަދަ ކްރައިސިސް ސިޗުއޭޝަނެއްގައި އަންނަ މިފަދަ އިގްތިސޯދީ ފުރުސަތުތަކަށް ފަސޭހަ ކޮށްދޭން ޖެހޭނެއޭ. ކޮންމެވެސް އޮޕްޝަނެއް ދޭންވާނެ ނޫންތޯ،"  އޮފިޝަލް ވިދާޅުވި އެވެ. 

އަންދާޒާ ކުރެވޭ ގޮތުގައި މި އުޅަނދުތަކުން އަންނަ ޓޫރިސްޓުންގެ އަދަދު 6،000 އާ ގާތް ކުރާނެ އެވެ. އެހެންވެ މިއީ ޓޫރިޒަމް ހީނަރުވެފައިވާ ވަގުތެއްގައި ލިބޭ އިގްތިސޯދީ ފުރުސަތަކަށްވާނެ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ކަނޑުމަގުން އައި ޓޫރިސްޓުންގެ އަދަދު 6,302 އަށް އަރަ އެވެ. އަދި ކްރޫޒްލައިނާތައް އައުމުން އެ އުޅަނދުތަކުން ފައިބާ ޓޫރިސްޓުން ކައިރި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށްވެސް ދެ އެވެ. އަދި ގިނަ ބަޔަކު އެކްސްކާޝަންގެ ހަރަކާތްތަކުގައިވެސް ބައިވެރިވެ އެވެ. އަދި ބައެއް ޓޫރިސްޓުން ރާއްޖޭގައި ސްޓޭވެސް ކުރާ ކަމަށްވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.