ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3260 ހައުސިންގ ޔުނިޓް އަޅާނެ އެވެ. މި މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ އެވެ.

ދެވަނަ ފިޔަވަހީގައި 1190 ފްލެޓް ތަރައްގީ ކުރަން ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ބީޔޫސީޖީއަށް ހަވާލުކޮށް މަަސައްކަތް ފަށައިފި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް ރަސްމިއްޔާތު ޝަަރަވެރިކޮށްދެއްވީ ރައީް ޑރ. މުހައްމަދު މުޢިއްޒު އެވެ. މި ރަަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބާއިބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަދި ބީޔޫސީޖީގެ އިސްބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މީގެ ކުރިން މިހާއަވަހަށް ފްލެޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި މިއީ ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން އަގުހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް، މި ބާރު މިނުގައި ހިންގާ ފުރަތަމަ ފަހަރުކަން ސީއީއޯ ފާހަގަ ކުރެއްވި އެވެ.
"މީގެ ކުރިން މިފަދަ މަސައްކަތް ނިންމަން ދިގު މުއްދަތެއް ނެގި. ނަމަވެސް އިރާދުކުރެއްވިއްޔާ މި މަސައްކަތް 2028 ގެ މެދުތެރޭގައި ނިންމާލެވޭނެ،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މި މަސައްކަތުގެ މި ބާރު މިނަކީ ދިވެހި އެތައް ހާސް އާއިލާތަކަށާއި އަދި ބޭންކް އާއި އުއްމީދާއި އުފަލާއި ހިތްހަމަޖެހުން ގެނައުމެވެ.