ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަނީ

ގަތަރު އެއާވޭސްގެ ރާއްޖޭގެ އޭޖެންޓު، އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވީ، އަންނަ އޭޕްރީލް 8 ވަނަ ދުވަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެކަން އެ އެއާލައިނުން އަންގާފައިވާ ކަމަށެވެ.

ވީއައިއޭގެ އާ ޓާމިނަލަށް ގަތަރު އެއާވޭސްގެ ބޯޓެއް ކައިރި ކުރަނީ -- އެމްއޭސީއެލް

އީރާނު ހަނގުރާމައާ ގުޅިގެން ވަގުތީ ގޮތުން އުދުހުންތައް މެދުކަނޑާލާފައި އޮތް ގަތަރު އެއާވޭސް އިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ގަތަރު އެއާވޭސްގެ ރާއްޖޭގެ އޭޖެންޓު، އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވީ، އަންނަ އޭޕްރީލް 8 ވަނަ ދުވަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށާނެކަން އެ އެއާލައިނުން އަންގާފައިވާ ކަމަށެވެ.

މިގޮތުން، އަލުން ދަތުރުތައް ފަށާއިރު، ރާއްޖެއަށް ހަފްތާއަކު ފަސް ފްލައިޓު ބާއްވާނެކަމަށް ފިރާގު ވިދާޅުވި އެވެ.

މި ދަތުރުގައި ގަތަރު އެއާވޭސްއިން ބޭނުންކުރާނީ އޭ350 މަރުކާގެ މަތިންދާބޯޓުތަކެވެ.

ގަތަރު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަކީ، މިހާރު މަޑުޖެހިފައި އޮތް ރާއްޖޭގެ ޓޫރިޒަމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފިރާގު ސިފަކުރެއްވި އެވެ. 

ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހަނގުރާމަ ފެށުނުއިރު ދުވާލަކު 19 ފްލައިޓް ކެންސަލްވެ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 3،000 މީހުން ދިޔައީ މަދުވަމުންނެވެ. 

ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެދެވޭ ނަތީޖާތަކެއް ދަނީ ނުކުންނަމުންނެވެ. މި މަސައްކަތުގެ ދަށުން އެއާއޭޝިއާ އާއި އެއާއިންޑިއާ އަދި ރަޝިއާ އިން އަންނަ ޔޫރޯފްލޯޓުގެ ދަތުރުތައް ވަނީ އިތުރު ކުރެވިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 6,342 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 627,496 ޓޫރިސްޓުން އައިސްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.