އެހެންކަމުން، ހިޔާ ފްލެޓުތަކަށް ދެން ކުލި ދައްކަން އަނެއްކާވެސް ފަށަން ޖެހޭނީ 1 މެއި 2028 ގަ އެވެ.

ކުރިއަށް އޮތް ދެ އަހަރަށް ހިޔާ ފްލެޓުތަކުގެ ކުލި ކަނޑާލައި، އެކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އަންގައިފި އެވެ.
އެޗްޑީސީން ހިޔާ ފްލެޓުތަކުގެ ވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނީ، ފްލެޓުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ. ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ.
ފިނިޝިންއަށް ދިޔަ ހަރަދުން ނުދެވި އޮތް ކަމަށް އެޗްޑީސީން ކަނޑައަޅާފައިވަނީ، 135،714.35ރ. އެވެ.
އެ އަދަދު އުނިކުރުމަށްފަހު، ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5،300ރ. ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން، ހިޔާ ފްލެޓުތަކަށް ދެން ކުލި ދައްކަން އަނެއްކާވެސް ފަށަން ޖެހޭނީ 1 މެއި 2028 ގަ އެވެ.
ނަމަވެސް، މި މުއްދަތުގައި ވެސް މެނޭޖްމަންޓް ފީ ދައްކަންޖެހޭނެ އެވެ.
މި ސަރުކާރުން މަހު ކުއްޔަށް ކުރިން ގެނައި ބަދަލާ އެކު، ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. އާ އެކު ކޮންމެ މަހަކު އެޗްޑީސީ އަށް ދައްކަން ޖެހެނީ 4،984ރ. އެވެ.
ނަމަވެސް، އެޗްޑީސީގެ ސިޓީގައި ބުނީ އެ ޑިސްކައުންޓުގެ އަގު ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކާ ހަލާސްކުރެވެންދެން ފްލެޓުގެ މަހު ކުއްޔަކީ 5،300ރ. ކަމަށެވެ.
އެޗްޑީސީން އަންނަނީ މި ގެނައި ބަދަލާ ގުޅިގެން އެއްބަސްވުމަށް ބަދަލުތައް ގެންނަމުންނެވެ.