ރައީސްގެ ސްކޮލަޝިޕްގައި ދެން ކިޔެވޭނީ ވަކި ދާއިރާތަކަކުން

އުސޫލުގައި ބުނެފައި ވަނީ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، ދެން ކިޔެވޭނީ ރާއްޖޭން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކުގައި ކަމަށެވެ.

ރައީސްގެ ސްކޮލަޝިޕް ލިބުނު ދައިވަރުންތަކެއް --

މަތީ ސާނަވީ އިމްތިހާނުން އެއްވަނަ ހޯދާ ދަރިވަރުންނަށް އަންނަ އަހަރުން ފެށިގެން ރައީސްގެ ސްކޮލަޝިޕްގެ ދަށުން ދެން ކިޔެވޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅައިފި އެވެ.

މަތީ ސާނަވީއިން އެންމެ މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ރައީސްގެ ސްކޮލަޝިޕްގެ ދަށުން މީގެ ކުރިން ބޭނުން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު އޮވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ ރައީސްގެ ސްކޮލަޝިޕް ދިނުމުގެ އުސޫލުގައިވާ ގޮތުގައި ސްކޮޕަޝިފްގެ ދަށުން އަންނަ އަހަރުން ފެށިގެން ކިޔެވޭނީ ޓްރެއިނިން ހޯދައިގެން ވަޒީފާ އަދާކުރެވޭ ދާއިރާތަކުން އެކަންޏެވެ.

"ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ ހިމެނޭހެން 27 ދާއިރާއެއް ކަނޑައަޅާފައިވެ އެވެ.

އުސޫލުގައި ބުނެފައި ވަނީ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ކުރިން އޮތް ނަމަވެސް، ދެން ކިޔެވޭނީ ރާއްޖޭން ހާރިޖީ ގުޅުން ގާއިމްކޮށްފައިވާ އަދި ރައްކާތެރި ގައުމުތަކުގައި ކަމަށެވެ.

އަދި ރާއްޖޭގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 6،000 ރުފިޔާގެ އިނާޔަތެއް ދިނުމަށްވެސް ކަނޑައަޅާފައިވެ އެވެ.

މީގެއިތރުުން. ރައީސްގެ ސްކޮލަޝިޕް ދެން ލިބޭނީ، މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން އޭލެވެލްއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދާ ދައިވަރުންނަށެވެ.

ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސުކޫލުތަކުން ގްރޭޑު 12 ނިންމައި، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެގެން ސްކޮލަޝިޕް ހޯދާ ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.