ރިކޯލް ވޯޓުގެ ގާނޫނު މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހަޅަނީ

ރައީސް ވިދާޅުވި ގޮތުގައި، އެ ކަންކަމުގެ މައްޗަށް ސަރުކާރުގެ ތެރޭގައި މިހާރު ފަންނީ މަޝްވަރާތައް ކުރިއަށްދާއިރު، އެހެން ގައުމުތަކުގައި މިކަން ކާމިޔާބުކަމާއެކު ތަންފީޒުކުރެވެމުންދާ ގޮތަށް ރިއާޔަތް ކުރާނެ އެވެ.

ރައީސް މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ރަށު އަދި ސިޓީ ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ "ރިކޯލް ވޯޓު" ނެގޭ ގޮތް ހެދުމަށް އެކުލަވައިލާ ގާނޫނު، މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މެމްބަރުންނާއި ކައުންސިލަރުން އެ މީހުންގެ ދައުރުގެ ތެރޭގައި ރައްޔިތުން ބޭނުންވެއްޖެ ހިނދެއްގައި ވަކިކުރެވޭނެ ގޮތަށް ރިކޯލް ވޯޓެއް ގާނޫނެއްގައި ކަނޑައެޅުމަކީ ވިސްނުންފުޅެއް ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެފަދަ ކަމެއް ތައާރަފްކުރުމަށް ގާނޫނެއް އެކުލަވާލާއިރު ވަރަށް ގިނަ ކަންކަމަށް ވިސްނަންޖެހޭ ކަމަށެވެ.

މިގޮތުން، މެމްބަރަކު ވަކި ކުރުމަށް ހުށަހަޅޭނެ ހާލަތްތައް ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކުރުމާއި، ގޮނޑި ގެއްލިފައިވާ ކަނޑައަޅާނެ ވޯޓުގެ ނިސްބަތް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ކަންކަމުގެ މައްޗަށް ސަރުކާރުގެ ތެރޭގައި މިހާރު ފަންނީ މަޝްވަރާތައް ކުރިއަށްދާއިރު، އެހެން ގައުމުތަކުގައި މިކަން ކާމިޔާބުކަމާއެކު ތަންފީޒުކުރެވެމުންދާ ގޮތަށް ރިއާޔަތް ކުރާނެ އެވެ.

"މިސާލަކަށް ކޮންސްޓިޓުއެންސީގެ ކިތައް ޕަސެންޓުގެ މީހުންގެ ސޮއި ލިބިގެންތޯ ޕެޓިޝަން ހުށަހެޅޭނީ. އަދި އެ ހުށަހަޅާ ހިސާބުން މަޖިލީހުގެ ކިހާ އަގުލަބިއްޔަތަކުންތޯ ފާސް ކުރެވޭނީ އެ މީހަކު ވަކިކުރަން. އަދި އެ ފާސްކުރަން މަޖިލީހުގެ އެ ދުވަހުގެ ހާޒިރީ ވާންޖެހެނީ ކިތައް ޕަސެންޓު ތޯ،" ގާނޫނުގައި ހިމަނަން ޖަވާބު ބޭނުންވާ ބައެއް ސުވާލުތަކަށް އިޝާރަތްކުރައްވައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެ ފަންނީ މަޝްވަރާތަކަށް އުއްމީދަކީ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހެޅުން ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.