އާސަންދައިން ދޭ އެމްބިއުލާންސުގެ ހިދުމަތް ފުޅާކޮށްފި

ރައީސް ވިދާޅުވީ މި ބަދަލު ގެންނަން ނިންމީ ގިނަ ބަޔަކު ދަތިވެގެން އެދެމުންދާ ކަމަށްވާތީ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ދައުލަތުގެ ސިއްހީ ނިޒާމު، އާސަންދަ ސްކީމް މެދުވެރިކޮށްދޭ އެމްބިއުލާންސުގެ ހިދުމަތް މިހާރަށްވުރެ ފުޅާކޮށް ލިބޭނެ ގޮތަށް ބަދަލު ގެނެސްފި އެވެ. 

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގިނަ ބަޔަކު އެދެމުންދާތީ، އާސަންދަ ސްކީމުގެ ތެރެއިން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެމްބިއުލާންސުގެ ހިދުމަތް މިހާރަށްވުރެ ފުޅާކުރަން ނިންމާފަ އެވެ. އަދި މި ބަދަލު ގެންނަން ނިންމީ ގިނަކު އެދެމުންދާތީ އެވެ. މިހާރު އާސަންދަ މެދުވެރިކޮށް ދޭ އެމްބިއުލާންސުގެ ހިދުމަތް ލިބެނީ މަދު ހިދުމަތް ތަކަށެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިގޮތުން އަންނަ ބަދަލާއެކު، އިމަޖެންސީގައި ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންނަ ބަލި މީހާ އާއި ނިޔާވެގެން ގެންދާ މައްޔިތާގެ ހަށިގަނޑު އުފުލުންވެސް މި ސްކީމުން ކަވަރު ކުރާނެ އެވެ. މީގެ އިތުރުން ވީލް ޗެއާގައި ގެންނަ ބަލި މީހުންނާއި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުން އަދި އިމަޖެންސީ ހާލަތުގައި އިވޭކްރޭޓް ކުރަން ޖެހޭ ހާލަތްތަކުގައިވެސް މި ސްކީމުން ކަވަރު ކުރާނެ އެވެ.

"މި ބަދަލު ގެންނަން ނިންމާފައިވަނީ ވަރަށް ޓެކްނިކަލް ލެވަލްއެއްގައި އެކި އޭންގަލްތަކުން މަޝްވަރާ ކުރުމަށްފަހު. މިއީ ގިނަ ބަޔަކަށް ދަތިވެގެން ލުއިތަކެއް ބޭނުންވާތީ އެކަމަށް މަޝްވަރާކޮށް މިއީ ލުއިތަކެއް ބޭނުންވާ ކަމަށްވާތީ،" ރައީސް ވިދާޅުވި އެވެ. 

މިދިޔަ އަހަރު އާސަންދައިން ހަރަދު ކުރަން ކަނޑައެޅީ 1.1 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދި އަހަރު ނިމުނުއިރު ޖުމްލަ ހަރަދު 2.3 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.