ކުނބުރުދޫ އަދި މަހިބަދޫގައި ފްލެޓް އަޅަން އެޗްޑީސީއާ ހަވާލުކޮށްފި

މި އެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އަދި މަހިބަދޫގައި 100 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދެ މަޝްރޫއުގެ ދަށުންވެސް ތަރައްގީކުރާނީ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ.

ކުނބުރުދޫ އަދި މަހިބަދޫގައި ފްލެޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރު ރަސްމިއްޔާތު --

‏އދ. ކުނބުރުދޫ އަދި އެ އަތޮޅު މަހިބަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ.

އެޗްޑީސީން ބުނީ މި ދެ ރަށުގައި ފްލެޓް އެޅުމަށް މިއަދު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ކުނބުރުދޫގައި 25 ހައުސިން ޔުނިޓް އަދި މަހިބަދޫގައި 100 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދެ މަޝްރޫއުގެ ދަށުންވެސް ތަރައްގީކުރާނީ ތިން ކޮޓަރީގެ ޔުނިޓުތަކެކެވެ.

އެޗްޑީސީން ބުނީ ކުނބުރުދޫގައި ފްލެޓް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 480 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމައި ހަވާލު ކުރުމަށް ކަމަށެވެ. އަދި މަހިބަދޫ މަޝްރޫއު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.