މާލޭގެ މޭޔަރުކަމަށް އުއްޗުގެ ތާއީދު މޫސާ އަލީ ޖަލީލަށް

އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިހާބު ކުރުމަށް ތާއީދުކުރައްވާކަމާއި އަދި ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ

މޫސާ އަލީ ޖަލީލް މިއަދު އުއްޗު އާ ބައްދަލުކުރައްވަނީ.

މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފި އެވެ.

ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ގެ އަރިހަށް މިއަދު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވަނީ ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވާފަ އެވެ.

މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިހާބު ކުރުމަށް ތާއީދުކުރައްވާކަމާއި އަދި ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިއަދުގެ މި ބައްދަލުވުމުގައި އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މި ފަހަރު ވާދަކުރައްވާ ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ އަލީ ޖަލީލްކަމަށް ވަނީ ވިދާޅުވެފަަ އެވެ.

އަދި ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ މޫސާ އަލީ ޖަލީލް ފަދަ ބޭފުޅުންގެ ހިދުމަތް މި ގައުމަށް ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދި ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަޤާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވިދާޅުވި އެވެ.

މޫސާ ޢަލީ ޖަލީލް ވަނީ، މި ދަޢުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި މުޙައްމަދު މޫސާ (އުއްޗު) އަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.