އަސާސީ މުދަލުގެ ސަޕްލައި ދެމެހެއްޓުމަށް އިތުރު ގައުމުތަކާއެކު ވިޔަފާރީގެ ގުޅުން ފުޅާކުރަނީ

މީގެއިތުރުން، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުދަލުގެ ބައެއް ސާމާނު ގެނައުމުގައި ހުރި ދަތިތަކަށް ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު. --ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ހާލަތުގައި ވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ އަދި ގޭސް ދަތިކަމެއް ނެތި ލިބޭނެ މަގު ތަނަވަސްކުރުމުގެ ގޮތުން، ރާއްޖެއަށް އާންމުކޮށް މުދާ ނުގެންނަ ގައުމުތަކާ އެކު ވެސް ވިޔަފާރީގެ ގުޅުން ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި، ސައީދު ވިދާޅުވީ އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން އާންމުކޮށް މިހާރު ގެންނަ މުދަލުގެ އިތުރުން، އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް އެ ގައުމުތަކާ ސީދާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. 

އިންޑޮނީޝިއާ ފަދަ ގައުމުތަކަކީ މިހާރު ވެސް ފަރުނީޗަރު ފަދަ ތަކެތި ރާއްޖެއަށް ގެންނަ ގައުމުތައް ނަމަވެސް، އެ ގައުމުތަކުން އަސާސީ މުދާ ވެސް ފަސޭހަކަމާ އެކު ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވިޔަފާރީގެ ގުޅުން މާބޮޑަށް ބަދަހިކުރެވިފައި ނެތް މާކެޓްތަކާ އެއްކޮށް އަޅުގަނޑުމެން މިދަނީ މިހާރުން މިހާރަށް ވެސް ... އެފަރާތްތަކާ ވާހަކަ ދައްކައިގެން ގުޅުން ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ހަނގުރާމައާ ގުޅިގެން މެދުއިރުމަތީން ހާއްސަކޮށް ދުބާއީއިން މުދާ ގެނައުން މަދުވި ނަމަވެސް، މާޗް 4 އިން ފެށިގެން ކޮންމެވެސް ވަރަކަށް އެއާ ކާގޯ އިތުރަށް ގެންނަން ފަށައިފައިވާ ކަމަށެވެ. 

މީގެއިތުރުން، ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުދަލުގެ ބައެއް ސާމާނު ގެނައުމުގައި ހުރި ދަތިތަކަށް ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.