އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓޫރިސްޓުންނަށް ސިމްޕްލިފައިޑް ޓޫރިސްޓް ވިސާގެ ހިދުމަތް ފަށާނެ އެވެ. މިއާއެކު ޓޫރިސްޓުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމުގެ އޮޕަރޭޝަނަށް ދަތިވާ ރިސޯޓުތަކަށް ފައިނޭންސިން ފެސިލިޓީސް ހޯދައިފީ، ޓޫރިސްޓުންނަށް ފަސޭހައިން ވިސާ އިތުރު ކުރެވޭނެ ގޮތް ހަދައިފި އެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ ގެއްލުންތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިސާ އިތުރު ކުރަން ބޭނުންވާ ޓޫރިސްޓުންނަށް "ސިމްޕްލިފައިޑް ޓޫރިސްޓް ވިސާ" ގެ ހިދުމަތް އިމިގްރޭޝަނުގެ ބުރަ މަސައްކަތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބެމުންދާނެ އެވެ.
"މިއަދު ލިބުނު މައުލޫމާތުގައި ސިމްޕިފައިޑް ވިސާއަށް ހުޅުވާލާނެ. މިއާއެކު ކުރިން ހުށަހެޅި ޑޮކިއުމެންޓް ހުށައަޅާކަން ނުޖެހޭނެ. މިއީ ބޮޑު ކުރިއެރުމެއް. މި ބަދަލާއެކު ވިސާ އިތުރު ކުރަން ކުރިން އޮންނަ ދިގު ޕްރޮސެސް ނުކޮށް ކުރިއަށް ގެންދެވޭނެ. މި ބަދަލާއެކު އޮންލައިން ޕްލެޓްފޯމަށް ފޮޓޯ އަޕްލޯޑްކޮށް ވިސާ ފީ ދެއްކުމުން 48 ގަޑިއިރު ތެރޭގައި ހަމަޖެހިގެންދާނެ،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މީގެ އިތުރުން ޓޫރިޒަމް ދަށްވުމުގެ ސަބަބުން ގެއްލުންވާ ރިސޯޓްތަކަށް ފައިނޭންސިން ހޯދައި ދިނުމުގެ މަސައްކަތްވެސް މަޓާޓޯއާ ގުޅިގެން ބޭންކްތަކުން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"ހަދަމުންދާ ތަންތަނާއި މިހާރުވެސް ހިންގާ ރިސޯޓްތަކަށް ހިންގަން ބުރޫއަރާ. އަންނަ ފަތުރުވެރިން މަދުވުމުން. އެހެންވީމަ މަޓީއާއެކު ކުރި މަސައްކަތުން އިންޑަސްޓްރީން ބޭނުންވީ އޮޕަރޭޝަނަށް ދަތިވާ ފަރާތްތަކަށް ބޭންކްތަކާއެކު ފައިނޭންސިން ފެސިޓީ ހޯދައިދޭން. ބީއެމްއެލްއާއެކުވެސް މަސައްކަތް ދަނީ ކުރަމުން،" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި މީގެ އިތުރުން ވިޒިޓް މޯލްޑިވްސް އިން ވަނީ އާސިއާން އާއި އިންޑިއާ ހިމެނޭހެން 200 މިލިއަން ވިއުސް ހޯދޭނެ ޑިޖިޓަލް މާކެޓިން ކެމްޕޭނެއްވެސް ވަނީ ފަށާފަ އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 145،528 އައިސްފައިވެ އެވެ. މިހާތަނަށް ދުވާލަކު އަންނަ ކަމަށް ދައްކަނީ 5200 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ މިދިޔަ އަހަރު 6350 ގަ އެވެ. އެހެންވެ މއިީ 1050 ޓޫރިސްޓުން މަދު އަދަދެކެވެ.