އެލައިޑް ހިޔާވަހި ތަކަފުލް | އާ ފްލެޓަށް ވަންނައިރު ކޮންމެހެން މުހިންމު

ހިޔާވަހި ތަކަފުލް ފަރުމާކޮށްފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ ބަދަލު ލިބޭ ގޮތަށެވެ.

މި ފަހުން ފެނުނު ހަބަރުތަކުގެ ސުރުހީތަކަށް ބަލާއިރު އެޕާޓްމަންޓް ނުވަތަ ގޭގައި އަލިފާން ރޯވުގެ ހާދިސާތައް ގިނަ އެވެ. އާ ފްލެޓަށް ވަންނަނީ ލޯނު ނަގައިގެން ނުވަތަ ކޮންމެވެސް ސްކީމެއްގެ ތެރެއިން ދަރަންޏަށް ފަރުނީޗަރު ހޯދައިގެންނެވެ. މިފަދަ ހާލަތްތަކުގައި ލިބޭ ގެއްލުމަކީ ފޫބަށްދަން ދަތި މާލީ ގެއްލުމަކަށްވެއެވެ. އަދި ކުރިއަށް ވިއްސާރަ މޫސުން އޮތްއިރު ވިއްސާރައިގެ ސަބަބުން ފެންބޮޑުވުން ފަދަ ކަންކަމުން ގެންގުޅޭ ސާމާނާއި ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވުމަކީ މިފަހުން ފެންނަ ހިތްދަތި ހާދިސާތަކެވެ. 

މިފަދަ ހިތްދަތި ހާދިސާއެއްގެ ސަބަބުން ގޭގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވާ ހާލަތުގައި ދެން ހަދާނެ ގޮތް ހުސްވެ އެވެ. ނަމަވެސް ގޭގައި ގެންގުޅޭ ތަކެއްޗަށް ލިބޭ މިފަދަ ގެއްލުމުން އަރައިގަންނަން އެލައިޑުގެ ހިޔާވަހި ތަކަފުލް ޕްލޭން ނަގާފައިވާނަމަ އެ ޕްލޭންގެ އެހީގައި ލިބޭ ގެއްލުން ކުޑަކުރެވިދާނެ އެވެ.

ހިޔާވަހި ތަކާފުލް ފަރުމާކޮށްފައިވަނީ ކުއްލި ހާދިސާތަކުން ލިބޭ ގެއްލުމުން އަރައި ގަނެވޭނެ ގިނަ ފައިދާތަކެއް ހިމަނައިގެންނެވެ. މި ކަންކަމަކީ ރާއްޖޭގެ މާހައުލުން އާއްމުކޮށް ފެންނަ ހާދިސާ ތަކެވެ. މީގެތެރެއިން އެންމެ އާއްމު ކަމަކީ އަލިފާނުގެ ހާދިސާތަކުން ލިބޭ ގެއްލުންތަކާއި މޫސުމީ ހާދިސާތަކުން ލިބޭ ގެއްލުންތަކެވެ. އަދި ގޭގޭގައި އާއްމުކޮށް ދިމާވާ ފެން ހޮޅި ފަޅައިގެން ގޮސްގެން ލިބޭ ގެއްލުން ފަދަ ހާދިސާތަކާއި ވައްކަމުގެ ސަބަބުން މުހިންމު ތަކެތި ގެއްލުން އަދި ވައި ގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު މައްޗަށް ގަސް ވެއްޓުން ފަދަ ހާދިސާތައް އެލައިޑު ހިޔާވަހި ތަކާފުލް ޕްލޭންއިން ކަވަރުކުރެއެވެ.

މި ޕްލޭން ފަރުމާކޮށްފައިވަނީ އާއްމު މީހާއަށް ލުއި ފަސޭހަކަމާއެކު ޕްލޭން ނެގޭނެ ގޮތަށެވެ. އަހަރަކު އެއްފަހަރު ދައްކާ ކޮންޓްރިބިއުޝަންއާއެކު ގެއްލުން ލިބޭ ވަގުތު އެހީތެރިކަން ލިބޭނެ ގޮތަށެވެ. އެލައިޑް ހިޔާވަހި ތަކަފުލްއަކީ މުދާ ރައްކާތެރިކުރުމެއް ނޫނެވެ. މިއީ އާއިލާއަށާއި ދިރިއުޅުމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. ކުޑަ ހޭދަ އަކުން ބޮޑު ރައްކާތެރިކަމެއް ހޯދުމަށް ފަރުމާކޮށްފައިވާ ޕްލޭން އެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.