ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތައް ބޭސް އަށް އެރުމުގެ ސަބަބުން މި ހަމަލާގައި އެމެރިކާގެ 12 ސިފައިން ޒަހަމްވި އެވެ.

އީރާނުގެ މިސައިލް ހަމަލާތަކުގައި ސައޫދީ އަރަބިއްޔާގައި ބަހައްޓާފައި ހުރި އެމެރިކާގެ 500 މިލިއަން ޑޮލަރުގެ "ފްލައިން ރާޑަރު" ކުދިކުދި ކޮށްލައިފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި ގިނަ އަދަދެއްގެ މިސައިލާއި ޑްރޯންތައް ބޭސް އަށް އެރުމުގެ ސަބަބުން އެމެރިކާގެ 12 ސިފައިން ޒަހަމްވިއެވެ. މީގެ އިތުރުން ބޭސްގައި ހުރި އެމެރިކާގެ ބައެއް އުޅަނދުތަކަށް ވަނީ އެކި މިންވަރުގެ ގެއްލުން ލިބިފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހަނގުރާމައިގެ މައިދާން ބަލަހައްޓާ "އުދުހޭ ރާޑަރު" ބޯޓަކަށެވެ.
މި ބޯޓަކީ އެތައް ސަތޭކަ މޭލު ދުރުން މިސައިލާއި، ޑްރޯން އަދި ދުޝްމަނުންގެ މަތިންދާބޯޓުތައް ދެނެގަނެ، ހަނގުރާމައިގެ މައިދާނުގެ "ރިއަލް-ޓައިމް" މަންޒަރު ކޮމާންޑަރުންނަށް ފޯރުކޮށްދޭ ބޯޓެކެވެ.