ލ. ގަމާއި ކުޅުދުއްފުށީގައި ހައުސިން ޔުނިޓު އަޅަން ތައްޔާރުވެއްޖެ

މި ސަރުކާރުން ގަމުގައި އަޅަން ނިންމާފައި ވަނީ 100 ހައުސިން ޔުނިޓެވެ. އަދި ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓެވެ.

ހައުސިން ޔުނިޓު އެޅުމަށް ބޭނުންވާ ސާމާނު ގެނެސްފައި--ފޮޓޯ: އެޗްޑީސީ

ލ. ގަމާއި ކުޅުދުއްފުށި ސިޓީގައި ހައުސިން ޔުނިޓުތައް އެޅަން ތަކެތި ގެންގޮސް ތައްޔާރު ވެއްޖެ އެވެ. 

މި ސަރުކާރުން ގަމުގައި އަޅަން ނިންމާފައި ވަނީ 100 ހައުސިން ޔުނިޓެވެ. އަދި ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓެވެ.

އެ މަޝްރޫއު ހަވާލު ކޮށްފައިވާ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ގަމުގައި ހައުސިން ޔުނިޓު ބޭނުންވާ މެޝިނަރީ އާއި މެޓީރިއަލްސްގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ހިންގާ މަޝްރޫއުގެ ސައިޓް މޮބިލައިޒް ކުރުމަށް ބޭނުންވާ ސާމާނު މިދިޔަ ހަފްތާގެ ތެރޭގައި އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކުޅުދުއްފުށީގައި ބޯހިޔާވަހިކަން ހައްލު ކުރުމަށް 2،000 ހައުސިން ޔުނިޓް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެގޮތުން އެ މަޝްރޫއު އެޗްޑީސީ އާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮގަސްޓުގައި ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.