ބެޗުން އަޅާ 1300 އަށްވުރެ ގިނަ އުޅަނދު ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި

މި ބިލްޑިންގް ފަރުމާކޮށްފައިވަނީ ބިލްޑިންގެ ތެރޭގައި ފަސޭހައިން އުޅަނދު ފަހަރު ދުއްވޭ ގޮތަށެވެ. މިތަނުގައި ޕަބްލިކް ޕާކިންގެ އިތުރުން ވިޔަފާރި އުސޫލުން ދޫކުރާ ޕާކިންވެސް އޮންނާނެ އެވެ.

ބެޗުން ހުޅުމާލޭގައި އަޅާ ޕާކިން ބިލްޑިންގް

ބެޗް ކޮންސްޓްރަކްޝަން އިން ހުޅުމާލޭގައި 1300 އަށްވުރެ ގިނަ އުޅަނދު ޕާކުރެވޭ ޕާކިން ބިލްޑިން އެއް އަޅަން ފަށައިިފި އެވެ.

ހުޅުމާލެ ފުރަތަމަ ފިޔަަވަހީގައި އަޅާ މި ބިލްޑިންގްގެ ބިންގާ އެޅި ނެކްސްޓް ބައި ބެޗް ބިލްޑިންގް ދެ އަހަރުތެރޭގައި ނިންމާފަ އެވެ. ހުޅުމާލޭގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަތެވެ. 

މި މަސައްކަތް ކުރާ ބެޗް ކުންފުނީގެ އެމްޑީ މުހައްމަދު ސައީދު ވިދާޅުވީ މި ބިލްޑިންގްއަކީ 13 ބުރިއަށް ހަދާތަނެއް ކަމަށާ މިތަނުގައި 800 އަށްވުރެ ގިނަ ހަތަރު ފޮރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ 500 އަށްވުރެ އުޅަނދު ޕާކު ކުރެވޭނެ އެވެ. އަދި މި އިމާރާތް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އެންމެ ޒަމާނީ ބިލްޑިންގްތައް ހުންނަ ގޮތަކަށެވެ.

"މަގުސަދަކީ 4 ފޮރޮޅީ 2 ފޮޮތޮޅީ ރައްކާތެރި މާހައުލް ގާއިމްކޮށް ދިނުން. ނަމަވެސް މިހާރު ވާގޮތަކީ ޖާގައިގެ ދަތިކަމުން ގިނަ އުޅަނދުތަކެއް ފޮއްޖެހިފައި ހުރުން. އާއްމުން އުފުލަން ޖެހ ތަކުލީފެއް މިއީ. މި މައްސަލައަށް ބޮޑު ލުޔެއް މިކަމުން ލިބގެންދާނެ،" ސައީދު ވިދާޅުވި އެވެ،

މި އިމާރާތް ތަރައްގި ކުރަނީ ހުޅުމާލެ އުރީދޫ އިމާރާތާ އިންވެގެންނެވެ. މި ބިލްޑިންގް ފަރުމާކޮށްފައިވަނީ ބިލްޑިންގެ ތެރޭގައި ފަސޭހައިން އުޅަނދު ފަހަރު ދުއްވޭ ގޮތަށެވެ. މިތަނުގައި ޕަބްލިކް ޕާކިންގެ އިތުރުން ވިޔަފާރި އުސޫލުން ދޫކުރާ ޕާކިންވެސް އޮންނާނެ އެވެ. މި ބިލްޑިންގްގެ ތެރޭގައި ވެހިކަލް ޕާކު ކުރެވޭނެ ޖާގަ އާއި އިލެކްޓްރިކް ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ވެސް ހުންނާނެ އެވެ. މީގެ އިތުރުން ކުޅިވަރު ކުޅެވޭނެ ޖާގަވެސް އޮންނާނެ އެވެ. އަދި ވިޔަފާރި ކުރެވޭނެ ޝޮޕިން ފެސިލިޓީވެސް ހުންނާނެ އެވެ. 

ސަރުކާރުން ވަނީ ހުޅުމާލޭގައި ހަތް ޕާކިން ބިލްޑިންގް އަޅަން ނިންމާފަ އެވެ. ދިވެހި ކުންފުނިތަކުން ތަރައްގީ ކުރާ މި ބިލްޑިންތަކުގައި ހަތަރު ފުރޮޅުލީ 2،600 އުޅަނދު އަދި 1،000 ސައިކަލް ޕާކު ކުރެވޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.