އެމެރިކާ ސިފައިން އީރާނަށް އެރުމުގެ ތައްޔާރީތައް ޕެންޓަގަންއިން ފަށައިފި

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މި ރޭވުންތަކުގެ ދަށުން އެމެރިކާގެ ހާއްސަ ފައުޖުތައް ކަމަށްވާ ސްޕެޝަލް އޮޕަރޭޝަން އާއި އިންފެންޓްރީ ސިފައިން ބޭނުންކޮށްގެން ނެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ފަސްވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އެއްގަމު މަގުން އަރައި ގަންނާނެ ހާއްސަ އޮޕަރޭޝަންތަކެއްގެ ރޭވުންތައް ޕެންޓަގަންއިން ތައްޔާރުކުރަމުންދާ ކަމަށް ވޮޝިންޓަން ޕޯސްޓް އިން ބުނެފި އެވެ. 

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މި ރޭވުންތަކުގެ ދަށުން އެމެރިކާގެ ހާއްސަ ފައުޖުތައް ކަމަށްވާ ސްޕެޝަލް އޮޕަރޭޝަން އާއި އިންފެންޓްރީ ސިފައިން ބޭނުންކޮށްގެން އީރާނުގެ އެކި ސަރަހައްދުތަކަށް ރެއިޑްތައް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. މި އޮޕަރޭޝަންތައް ހަފުތާތަކަކަށް ދެމިގެންދާނެ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ. 

ކުރިންވެސް އެއްގަމު މަގުން އަރަށް އެމެރިކާއިން ރޭވި އެވެ. ނަމަވެސް ތަޖުރިބާކާރުންގެ އިންޒާރާެކު އެ ގައުމަށް މިފަދަ ނުރައްކާތެރި އޮޕަރޭޝަނެއް ހިންގަން ވަނީ ނުކުރެފަ އެވެ. 

ނަމަވެސް، މި ރޭވުންތަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަ ދެއްވާނެކަން ނުވަތަ ނޫންކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގައެވެ.

ހަނގުރާމައިގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ޓްރަމްޕް ސަރުކާރުން ވަނީ މެދުއިރުމައްޗަށް އެމެރިކާގެ މެރިން ސިފައިން ފޮނުވާފަ އެވެ. މީގެ އިތުރުން، އެމެރިކާގެ އާމީގެ 82 ވަނަ އެއާބޯން ޑިވިޝަން އެތައް ހާސް ސިފައިންނެއް އެ ސަރަހައްދަށް ފޮނުވުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

އީރަށް ހަމަލާދޭން އެ ގައުމުން މިހާރު ފަށާފައިވާ ހަނގުރާމާގައި މިހާތަނަށް 300 ސިފައިން ވަނީ ޒަހަމްވެފަ އެވެ. އަދި އީރާނުން  އެމެރިކާގެ މަސްލަހަތުތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 12 އަށްވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އެމެރިކާއިން މެދުުއިރުމަތީގައި ގާއިމްކޮށްފައިވާ އަގުބޮޑު ހުރިހާ އާލާތްތަކެއް ވަނީ ހަލާކުކޮށްލާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.