ބެލާވިއާގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ރާއްޖެއަކީ ދިގު ދަތުރުތަކަށް ވަރަށް އުއްމީދީ މަންޒިލެކެވެ. މި ޓްރަޔަލް ދަތުރުތަކަށްފަހު، ޑިމާންޑަށް ބަލައި ދާއިމީކޮށް ދަތުރުތައް ބޭއްވުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް އެއާލައިނުން ބުނެފައިވެ އ

ބެލަރޫސްގެ ގައުމީ އެއާލައިން "ބެލާވިއާ" އިން ރާއްޖެއަށް ސީދާ ދަތުރުތަކެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
ބެލަރޫސްގެ ނޫސްތަކުގައިވާ ގޮތުން އެ ގައުމުގެ ވެރިރަށް މިިންސްކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ކުރާ މި ދަތުރުތަކަކީ އެ ގައުމުގެ މާކެޓް ރާއްޖެއަށް އޮތް މިންވަރު ބެލުމަށް ކުރާ ޓްރަޔަލް ދަތުރުތަކެކެވެ.މި ދަތުރުތައް ފަށަން ތައްޔާރުވެފައިވަނީ އަންނަ އޮގަސްޓް މަހު އެވެ
ބެލާވިއާގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، ރާއްޖެއަކީ ދިގު ދަތުރުތަކަށް ވަރަށް އުއްމީދީ މަންޒިލެކެވެ. މި ޓްރަޔަލް ދަތުރުތަކަށްފަހު، ޑިމާންޑަށް ބަލައި ދާއިމީކޮށް ދަތުރުތައް ބޭއްވުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް އެއާލައިނުން ބުނެފައިވެ އެވެ.
ބެލާވިއާއިން ބުނެފައިވާ ގޮތުގައި ފުރަތަމަ މި ދަތުރުތައް ފަށާފައިރު ފުރަތަމަ ފިޔަވަހީގައި 6 އަކާއި 8 އަކާ ދެމެދުގެ އަދަދަކަށް ދަތުރު ކުރުމަށް ވަނީ ރޭވިފަ އެވެ. އަދި މި ދަތުރުތައް އޮގަސްޓްމަސް ނިމެންދެން ފުރަތަމަ ކުރާނެ އެވެ.
ރަޝިއާ ހިމެނޭ ސަރަހައްދުގައި އޮންނަ ބެލަރޫސް އިން އިން މިހާރު ޓޫރިސްޓުން އަންނަނީ ރަޝިއާގެ ވެރިރަށް މޮސްކޯ ނުވަތަ އިސްތަންބޫލް މަގުން ކަނެކްޓިން ފްލައިޓްތަކުގަ އެވެ. ނަމަވެސް ސީދާ ދަތުރުތައް ފެށުމުން ދަތުރުފަތުރުގެ ވަގުތު ކުޑަވެ، ފަސޭހަވެގެންދާނެ އެވެ.
ބަލަރޫސްއަކީ އުންމީދީ މާކެޓެކެވެ.މި މާކެޓު ފުޅާކުރަން ރާއްޖެއިން މާކަގިނަ މަސައްކަތްތަކެއް ނުކުރެ އެވެ. ނަމަވެސް 2023 ވަނަ އަހަރު އެކަނި އެ ގައުމުން 5،900 އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.