އިންތިހާބުތައް އެއްދުވަހެއްގައި ބޭއްވުމުން ނުފޫޒު ފޯރުވުން ކުޑަވާނެ : ޝާހީން

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖުލީހުގެ ނާއިބު ރައީސްކަން ކުރެއްވި ޝާހީން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމުން އޭގެ ނަތީޖާ ރަނގަޅުވާނެ އެވެ.

ލޯޔަރު ޝާހިީީން ހަމީދު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިހާބަށް ނުފޫޒާޢި ބާރު ފޯރުވުން ކުޑަވާނެކަމަށް ގަބޫލުކުރައްވާކަމަށް މަޝްހޫރު ލޯޔަރު ޝާހިީީން ހަމީދު ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖުލީހުގެ ނާއިބު ރައީސްކަން ކުރެއްވި ޝާހީން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމުން އޭގެ ނަތީޖާ ރަނގަޅުވާނެ އެވެ. 

ރިޔާސީ އިންތިހާބަށްފަހު މަޖިލީހުގެ އިންތިހާބާއި ދެމެދު މިއޮންނަ 6 މަސްދުވަހުގެ ތެރޭގައި ކަންކަން ހިނގާ ގޮތްތަކަަށް ބަލާއިރު، އެ މުއްދަތު ނެތިއްޔާ ދެން ނުކުންނަ ނަތިީޖާ ކިހިނެއްތޯ ވަނީ. އަޅުގަނޑަށް ފެންނަ ގޮތުގައި އޭގެ ނަތީޖާ ރަނގަޅުވެގެންދާނެކަމަަށް ފެންނަނީ،" ޝާހީން ވިދާޅުވި އެވެ. 

ޝާހީން އިތުރަށް ވިދާޅުވި ގޮތުގައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންނަށް ލިބިފައިވާ އިންތިހާބީ އެއްވެސް ހައްގަކަށް އުނިކަމެއް ނާންނާނެ އެވެ. އަދި ސަރުކާރު ޖަވާބުދާރީކޮށް، ފާރަވެރިވުމުގެ ނިޒާމަށް ވެސް މި އިސްލާހުގެ ސަބަބުން ބަދަލެއް އަންނާނެކަން ޝާހީން ފާހަގަ ކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.