ތިން ހަފްތާ ތެރޭގައި ގިރާވަރުފަޅު ހިއްކައި ނިންމައި، ގޯތި ހަވާލުކުރަން ފަށަން އަމާޒު ހިފައިފި

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ،" އޭނާ ވިދާޅުވި އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުއިއްޒު މިއަދު ބައްލަވާލައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ނިންމައި، ގޯތި ދޫކުރަން ފެށުމަށް ސަރުކާރުން އަމާޒު ހިފައިފި އެވެ. 

ގިރާވަރުފަޅަށް ވަޑައިގެން އެތަން ހިއްކަމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވާފައިވާއިރު، އެތަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިހާރު އޮތް ލޭންޑްޔޫސް ޕްލޭނަކީ އެންމެ ބޭނުންވާ ގޮތަށް އޮތް އެއްޗަކަށް ނުވި ނަމަވެސް ކުރީގެ ސަރުކާރުން ގޯތި ލިބޭނެ ކަމުގެ އެގްރިމަންޓް ހެދި މީހުންނަށް ވެސް ގޯތި ދޫކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާ ވެސް އަވަހަކަށް، ތިން ހަފުތާ ތެރޭ ބިން ހިއްކާ ނިމުމުން ސާވޭކޮށް، ވީހާ ވެސް އަވަހަކަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށުން. އެއީ ސަރުކާރުގެ ވިސްނުމަކީ،" އޭނާ ވިދާޅުވި އެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑރ. މުއިއްޒު މިއަދު ބައްލަވާލައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ވެސް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދާނެ އެވެ. ނަމަވެސް، އެންމެ އިސްކަމެއް ދޭނީ ބިން ހިއްކައި ނިމުނުހާ އަވަހަކަށް ގޯތި ލިބިފައިވާ މީހުންނަށް ކަޑަ ޖަހައި ގޯތިތައް ހަވާލުކުރަން ކަމަށް ވިދާޅުވި އެވެ.

ގިރާވަޅުފަޅުން ހިއްކަނީ ޖުމްލަ 167.15 ހެކްޓަރެވެ. އެމްއޭސީއެލްއާ ހަވާލުކޮށްގެން މިދިޔަ ޖެނުއަރީ މަހު ހިއްކަން ފެށީ ގޯތި ދޫކުރިއިރު، ނުހިއްކާ އޮތް 97.15 ހެކްޓަރެވެ. މީގެ ތެރެއިން 35 ހެކްޓަރު އެމްއޭސީއެލް އިން މިހާރު ވަނީ ނިންމައިފަ އެވެ. 

ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް ރައީސް މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގިރާވަރުފަޅުން 4،072 ގޯތި ދޫކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.