
ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ އެ އިދާރާގެ އެކި އޮފީސްތަކަށް 48 އެސިސްޓެންޓް އޮފިސާ ޓްރެއިނީން ބޭނުންވާ ކަމަށެވެ.
އެ މަގާމުގެ އަސާސީ މުސާރައަށް 5،000ރ. ކަނޑައަޅާފައިވާއިރު، އެލަވަންސްގެ ގޮތުގައި 4،660ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.
އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުން، ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުމާ އެކު އޯ ލެވެލް ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައި ވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމަސްގެ އެފަދަ މަސައްކަތާ ގުޅުން ހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލާފައިވާ މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އެއްވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.