ޖަރުމަނުން ސީދާ އަންނަން ނިންމި މި ދަތުރުތައް ކެންސަލްކޮށްފައިވަނީ އެނގިފައިވާ ގޮތުގައި ވީއައިއޭއިން ނަގާ ފީތައް ބޮޑުކަމުންނެވެ. އެ އެއާލައިނުން އެދުނުނަމަވެސް އެދެވޭ އަގެއް ނުލިބިގެންނެވެ.

ޖަރުމަންވިލާތުގެ ކޮންޑޯ އެއާލައިނުން ހޫނު މޫސުމުގައި ރާއްޖެއަށް ފަށަން ރޭވި ދަތުރުތައް ކެންސަލްކޮށްފި އެވެ.
ކޮންޑޯއިން ވަނީ މި އަހަރު ޝެޑިއުލްގައިވަނީ، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ހަމަޖައްސައިފައެވެ. އެއީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ. ނަމަވެސް މިހާރު އެ ޝެޑިއުލްއިން ވަނީ ރިމޫކޮށްފަ އެވެ. އަދި ދަތުރުތައް ކެންސަލްކުރިކަން ވަނީ އަންގާފަ އެވެ.
މިރާއަށް އެނގިފައިވާ މި ދަތުރުތައް ކެންސަލްކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ނަގާ ފީތައް ބޮޑުކަމުންނެވެ. މި ފީތަކުން ޑިސްކައުންޓެއް ދޭތީ ކޮންޑޯއިން ކުރިން މަސައްކަތް ކުރިކަންވެސް އެނގިފައިވެ އެވެ. ނަމަވެސް ޑިސްކައުންޓެއް ލިބިފައި ނުވުމުން ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. މިކަމުގައި އެމްއޭސީއެލްގެ ފަރާތުން މިއަދު މައުލޫމާތެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މި ދަތުރުތައް ކެންސަލް ކުރުން ވެގެންދާނީ މި ހާލަތުގައި ޓޫރިޒަމް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށެވެ. މީގެ މައިގަނޑު ސަބަބަކީ ދުބާއީ މަގުން ވައިގެ މަގު ބަންދުވެފައިވުމުން ރާއްޖެއަށް ޔޫރަޕުން އަންނަ ކަނެކްޝަން ހުއްޓިފައިވުމެވެ. މިހެންވުމުން ޔޫރަޕުން ސީދާ ފްލައިޓްތަކެއްގެ މުހިންމުކަން ވަނީ ބޭނުންވެފަ އެވެ.