ލަންކާގެ އެއާޕޯޓަށް މެދުއިރުމަތީގެ އެއާލައިންތަކުން ޝައުވެރިނުވާކަމަށް ބުނެފި

ލަންކާގެ ސިވިލް އޭވިއޭޝަން ޑެޕިއުޓީ މިނިސްޓަރު ޖަނިތަ ރުވަން ކޮޑިތުުވަކްކު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ގަލްފުގެ އެއާލައިންތަކަށް އެއާޕޯޓު ބޭނުންކުރުމަށް ދައުވަތު އެރުވި ނަމަވެސް އެކަމެއް ނުވި ދެވެ.

ސްރީލަންކާގައި ޗައިނާގެ އެހީގައި ބިނާކޮށްފައިވާ "ދުނިޔޭގެ އެންމެ ފަޅު އެއާޕޯޓުގެ" ނަން ލިބިފައިވާ މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރުމަށް ގަލްފުގެ ބޮޑެތި އެއާލައިންތަކުން ދެކޮޅު ހަދައިފި އެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން ޑެޕިއުޓީ މިނިސްޓަރު ޖަނިތަ ރުވަން ކޮޑިތުުވަކްކު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ގަލްފުގެ އެއާލައިންތަކަށް އެއާޕޯޓު ބޭނުންކުރުމަށް ދައުވަތު އެރުވި ނަމަވެސް، މިހާތަނަށް އެއްވެސް އެއާލައިނަކުން އެކަމަށް އިޖާބަދީފައެއް ނުވެ އެވެ. 

ނަމަވެސް ކުރިން އެކަންވޭތީ ސްރީލަންކާގެ މީޑިއާއިން ވަނީ އެފަދަ ޕޮޒިޓިވް ނިއުސްތައް ވައިރަލްކޮށްފަ އެވެ. 

އެ ގައުމުގެ ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި އެއާލައިންތަކުން ޝައުގުވެރިކަން ފާޅުނުކުރަނީ މައްތަލަ އެއާޕޯޓުގެ ކެޕޭސިޓީ ކުޑަވުމުންނެވެ.ބޮޑެތި އެއާލައިންތަކުގެ މުޅި އޮޕަރޭޝަން މައްތަލައަށް ބަދަލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއާޕޯޓުގެ އަހަރީ ކެޕޭސިޓީއަކީ އެންމެ އެއް މިލިއަން ފަސިންޖަރުންނެވެ.

ލަންކާ ސަރުކާރުން ވަނީ ތެޔޮ އެޅުމަށާއި ޓްރާންސިޓް ކުރުމަށް އެއާޕޯޓު ބޭނުންކުރާ ނަމަ، ލޭންޑިން އަދި ޕާކިން ފީ ހިލޭ ދިނުމަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެއާލައިންތަކުން އެ ހުށަހެޅުންތަކަށް ހަމައެކަނި ޝުކުރު އަދާކުރުން ފިޔަވައި އިތުރު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.