ބެންކޮކް އެއާވޭސްއިން ބުނީ މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލުމެވެ.

ބެންކޮކް އެއާވޭސްއިން އަންނަ މަހުގެ އެކަކުން ފެށިގެން އެތެރޭގެ ދަތުރުތަކުގެ އަގު %15 އާއި 20 ދެމެދުގެ މިންވަރަކަށް ބޮޑުކުރަން ނިންމައިފި އެވެ.
ބެންކޮކް އެއާވޭސްއިން ބުނީ މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު އިންތިހާއަށް އުފުލުމެވެ.
އެއާލައިނުން ބުނީ މ ބަދަލު ގެންނަން ޖެހުނީ މިދިޔަ އަހަރު އެއާލައިންގެ ޖުމްލަ ޚަރަދުގެ 16 އިންސައްތަ ތެލަށް ހޭދަވިއިރު، މިއަހަރު އެ އަދަދު 20 އިންސައްތަ އަށް އަރާނެކަމަށް މިހާރު ބެލެވުމެވެ. އަދި އަހަރުގެ ދެވަނަ ކުއާޓާގައި ފޯވާޑް ބުކިންސް ވަނީ ތިން އިންސައްތަ ދަށަށް ގޮސްފައެވެ. ވަކިން ހާއްސަކޮށް ސަމުއީ އެއާޕޯޓަށް ކުރާ ދަތުރުތަކުގެ ބުކިންސް ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ.
ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެއާލައިނުން ވަނީ ބޭނުންވާ ތެލުގެ 30 ޕަސެންޓް ވަކި އަގަކަށް ހެޖް ކޮށްފައެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތަކުގެ ފިއުލް ސާޗާޖް ވެސް ވަނީ ބޮޑުކޮށްފައެވެ.