އިސްރާއިލަށް އިތުރު ނުތަނަވަސްކަމަށް، ހޫތީން ހަނގުރާމައިގެ ތެރެއަށް

އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީ ޖަމާއަތުން، އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް ވަދެ، އިސްރާއީލަށް ބެލެސްޓިކް މިސައިލް ހަމަލާތަކެއް ދީފި އެވެ.

އީރާނުގެ ވަރުގަދަ ހަމަލާތަކުގައި އިސްރާއިލް "ކުދިކުދި" ވަމުންދާއިރު ހިއްބުﷲ އާ ކުރިމަތިލައި އެ ގައުމުގެ ސިފައިންގެ ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ. މި ގެއްލުންތަކާއެކު އިސްރާއިލް ހާސްކަމުގައި އުޅެނިކޮށް ޔަމަނު ހޫތީ ހަނގުރާމަވެރިން ރަސްމީކޮށް މި ހަނގުރާމައާ ގުޅި އިސްރާއިލަށް ހަމަލާދޭން ފަށައިފި އެވެ. 

އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީ ޖަމާއަތުން، އިސްރާއީލާއި އީރާނާ ދެމެދު ކުރިއަށްދާ ހަނގުރާމައިގެ ތެރެއަށް ވަދެ، އިސްރާއީލަށް ބެލެސްޓިކް މިސައިލް ހަމަލާތަކެއް ދީފި ކަމަށް އިއްޔެ އިއުލާންކޮށްފިއެވެ.

ހޫތީގެ ތަރުޖަމާނު ޔަޙްޔާ ސަރީއު ވިދާޅުވި ގޮތުގައި، މި ހަމަލާ އަމާޒުކޮށްފައިވަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށެވެ. އިސްރާއީލް އަސްކަރިއްޔާއިން ބުނީ ޔަމަނުން އައި މިސައިލެއް ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ. މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.

ނގުރާމައިގެ ސަބަބުން އީރާނުން ސްޓްރެއިޓް އޮފް ހޯރްމޫޒް ބަންދުކޮށްފައިވާތީ، ސައުދީ އަރަބިއްޔާއިން މިހާރު ގިނަ އަދަދަކަށް ތެޔޮ އެކްސްޕޯޓް ކުރަމުންދަނީ ރަތްކަނޑުގައި އޮންނަ ޔަންބު ބަނދަރު މެދުވެރިކޮށެވެ. މީގެ ކުރިން ގާޒާ ހަނގުރާމައިގައި ރަތްކަނޑުގެ އާގުބޯޓުތަކަށް ހަމަލާދިން ނަމަވެސް، މިފަހަރުގެ ހަނގުރާމައިގައި ހޫތީން އަދި ކަނޑުގެ އުޅަނދުތަކަށް ހަމަލާއެއް ނުދެ އެވެ. ނަމަވެސް، ރަތްކަނޑު ބޭނުންކޮށްގެން އީރާނާ ދެކޮޅަށް އެއްވެސް ހަރަކާތެއް ހިންގައިފި ނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.