ސައޫދީއަށް އީރާނުން ހަމަލާދީ އެމެރިކާގެ 12 ސިފައިން ޒަހަމްކޮށްލައިފި

ރޮއިޓާސް އިން އެމެރިކާގެ ސިފައިންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި މިސައިލާއި ޑްރޯނުން ދިން މި ހަމަލާތަކުގައި ޒަހަމްވި 12 ސިފައިންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ.

ސައޫދީގައި ހުންނަ ބޭހަށް އެމެރިކާގެ އަސްކަރީ ބޭސް ޕްރިންސް ސުލްތާން އެއާ ބޭސް -- ރޮއިޓާސް

ސައޫދީގައި ހުންނަ ބޭހަށް އެމެރިކާގެ އަސްކަރީ ބޭސް ޕްރިންސް ސުލްތާން އެއާ ބޭހަށް ހަމަލާދީ 12 ސިފައިން ޒަހަމްކޮށްލައިފި އެވެ. 

ރޮއިޓާސް އިން އެމެރިކާގެ ސިފައިންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި މިސައިލާއި ޑްރޯނުން ދިން މި ހަމަލާތަކުގައި ޒަހަމްވި 12 ސިފައިންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް އެވެ. ބައެއް ހަބަރުތައް ބުނާ ގޮތުގައި މި ހަމަލާގައި ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ވަނީ މަރުވެފަ އެވެ. 

މި ހަމަލާގައި އެމެރިކާ ސިފައިންނަށް އަނިޔާވުމުގެ އިތުރުން އެއާ ބޭސްގައި ހުރި އެމެރިކާގެ ބައެއް އަސްކަރީ މަތިންދާބޯޓުތަކަށް (ޚާއްސަކޮށް ތެޔޮ އަޅާ ބޯޓުތަކަށް) ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ. 

ފެބުރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ 300 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާ ކަމަށް ރަސްމީކޮށް ބުނެފައިވެ އެވެ. އަދި 13 ސިފައިންގެ މީހުން މަރުވެފައިވާ ކަމަށް އެމެރިކާއިން ރަސްމީކޮށް އެއްބަސްވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.