އެޗްޑީސީން ބުނީ، އެ މައްސަލަ ފެންމަތިވުމާ އެކު، ފްލެޓު ތެރޭގައި އެ މަސައްކަތް ކުރުން ހުއްޓައިލުމަށް އަންގާ މިހާރު ނޯޓިސް ދީފައިވާ ކަމަށެވެ.

ވިނަރެސް ފްލެޓެއްގައި ފުޅާ ދާއިރާއެއްގައި ލޯންޑްރީ ކުރުމުގެ މަސައްކަތް ހުއްޓައިލަން ނޯޓިސް ދީފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ސޯޝަލް މީޑިޔާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ފްލެޓުގެ ތެރޭގައި ދޮވެ، ހިއްކާ، އިސްތިރިކުރާ ބޮޑެތި މެޝިންތައް ބަހައްޓައިގެން، ފުޅާ ދާއިރާގައި އެ މަސައްކަތް ދަނީ ކުރަމުންނެވެ.
އާންމުން ދިރިއުޅޭ އިމާރާތެއްގައި އެފަދަ ވަރުގަދަ މެޝިނުތައް ބަހައްޓައިގެން އެ މަސައްކަތް ކުރާތީ، އަލިފާނުގެ ހާދިސާއެއް ފަދަ ބޮޑު ހާދިސާއެއް ހިނގުމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.
އެޗްޑީސީން ބުނީ، އެ މައްސަލަ ފެންމަތިވުމާ އެކު، ފްލެޓު ތެރޭގައި އެ މަސައްކަތް ކުރުން ހުއްޓައިލުމަށް އަންގާ މިހާރު ނޯޓިސް ދީފައިވާ ކަމަށެވެ.
ހުޅުމާލޭގައި އާންމުން ދިރިއުޅޭ އިމާރާތްތަކުގައި އިންޑަސްޓްރިއަލް އެފަދަ މަސައްކަތް ކުރުމަކީ މަނާކަމެކެވެ.